ކޮވިޑް19 އަށް ރާއްޖޭގައި ޓެސްޓް ކުރެވޭ ގޮތް ހެދީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ޑައިބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް 10 ލެބޯރަޓޮރީ ޓެސްޓިންގް ކިޓްގެ ހަދިޔާ ކޮށްފައެވެ. މިނިސްޓަރު އަމީން އެދުވަހު ވިދާޅުވީ އެ ކިޓްތަކާއެކު ކޮވިޑް 19 އަށް އައިޖީއެމްއެޗްގައި 1000 މީހުންނަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. މީގެ ކުރިން ކޮރޯނާއަށް ޓެސްޓުތައް ހަދަން ފޮނުވަނީ އިންޑިއާއަށެވެ. އަދި ޓެސްޓުތަކުގެ ނަތީޖާ ލިބެން އެތަކެއް ދުވަހެއް ނަގައެވެ. ނަމަވެސް މި ޓެސްޓް ކިޓްތައް ލިބުމާއެކު، ޓެސްޓުގެ ނަތީޖާ 10-12 ގަޑިއިރާއި ދޭތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް19ގެ ހާލަތު ދަނީ ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ކަމަށާއި ރާއްޖެއަށް ބަލި އަތުވެދާނެތީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި، ބަލި ރާއްޖެއިން ފެނިއްޖެނަމަ ސިއްރު ނުކޮށް ހާމަ ކުރާނެ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!