ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިޝްތިހާރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ސީއެންއެން މެދުވެރިކޮށް ހާއްސަ ކެމްޕޭނެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، މާޗު މަހުން ފެށިގެން ތިން މަސްދުވަހުގެ ނިޔަލަށް ހާއްސަ ކެމްޕޭނެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ.
މި ކެމްޕޭނުގެ ދަށުން، ސީއެންއެންގެ ދެކުނު އޭޝިއާ، އޭޝިއާ ޕެސިފިކް، މެދުއިރުމަތި، އެފްރިކާ އަދި ޔޫރަޕްގެ ޗެނަލްތައް މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ސަގާފަތާ ގުޅުންހުރި ސިފަތައް ޕްރޮމޯޓްކުރުމުގެ އިތުރުން، ރާއްޖެ އިން ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަފާތު ހިދުމަތްތައް ދައްކާލެވޭނެ އެވެ. މީގެ އިތުރުން، ސީއެންއެންގެ ވެބްސައިޓްތަކުގައި ވެސް ރާއްޖޭގެ ފޮޓޯ އާއި އިޝްތިހާރު ޝާއިއުކުރެވޭނެ އެވެ.
އެމްއެމްޕީއާރްސީން ބުނީ، މިއީ މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!