ޓީއެމްއޭގެ ސީޕްލޭންއެއްގެ ބުރަފަތި އަދި އިންޖީނު ބިންދައިގެންގޮއްސި

21602B1B-451F-4266-BCAA-EAAA21AED047

ޓީއެމްއޭގެ ސީ ޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި މިއަދު އެކްސިޑެންޓެއް ހިނގައި ބައެއް މީހުންނަށް ކުދިކުދި އަނިޔާވެއްޖެ އެވެ. އަދި ބޯޓަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފަ އެވެ.

މި ހާދިސާ ހިނގީ ޅ. ކުރެންދޫއަށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ވައިގަދަވުމުގެ ސަބަބުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއިން ފެންނަ ގޮތުގައި އެ ބޯޓުގެ ބުރަފަތި އެއްކޮށް ވަނީ ނެއްޓިފައެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބޯޓު ޖައްސަން އުޅުނު ވަގުތު ރާޅެއްގައި ޖެހިފަ އެވެ. އެ ވަގުތަކީ މޫސުން ވަރަށް ގޯސް ވަގުތެއް ކަމަށް ވެ އެވެ. މި ހާދިސާގައި ބޯޓުގެ އެއްފާރާތުގެ ބުރަފައްޗާއި އިންޖީނު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެ ބުރަފަތި އޮތީ ފިޔަގަނޑާ ކިރިޔާ ވަކިނުވެ އެވެ.

ބޯޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ޓީއެމްއޭގެ ޓެކްނިކަން ޓީމުން މިހާރު ވަނީ ކުރެންދޫ ރިސޯޓަށް ގޮސްފައެވެ. އަދި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޓީއެމްއޭ ބޯޓެއްގެ ބުރަފަތި ނެއްޓުނުއިރު އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލުގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ހާދިސާއެއް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ހިނގާފައިވެއެވެ. އެ ހާދިސާ ހިނގިއިރު ފްލައިޓުގައި ދެ ކްރޫއިން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މިއަދުގެ އެކްސިޑެންޓްގެ އިތުރުން އިއްޔެ ވެސް ކުރެއްދު އަށް ޖެއްސި ބޯޓެއްގައި އެކްސިޑެންޓެއް ހިނގާފައިވެ އެވެ. ފޮޓޯއިން ފެންނަ ގޮތުން އެ ހާދިސާގައި ބޯޓުގެ ފިޔަގަނޑަށް ވަނީ، ޖެޓީގެ ފިލާގަނޑެއް ވަދެފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިހާދިސާގައި މީހަކަށް ގެއްލުން ލިބުނުތޯ، ނޫންތޯ އެއީ އެންމެ މުހިންމު ސުވާލު. އެސުވާލަށް ޖަވާބުނުދީ، މިކަހަލަ ތާކުން ތާކު ނުޖެހޭ ޚަބަރު ލިޔަންވެސް ހެޔޮނުވާނެ.

    1. ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރުކުރުން ވަރަށް މުހިއްމު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *