ބޮޑެތި ގިނަ އިނާމު ތަކަކާއެކު "އެސްޓީއޯ ރަމަޟާން ބާޒާރު" ފަށައިފި

FC09563A-4D5F-4663-8A1A-BA704A823EC7

ބޮޑެތި ގިނަ އިނާމު ތަކަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު މިއަދު ފަށައިފި އެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރުގެ ރަމަޟާން ބާޒާރު ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ ހުސެން އަމްރު މުހައްމަދު ރަޝާދު އެވެ.

މިއަދުން ފެށިގެން އަންނަ މެއި މަހުގެ 30 އަށް ކުރިރަށް ގެންދާ ރަމަޟާން ބާޒާރުގައި ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ އެ ބާޒާރު ނިމުމުން 1ވަނަ އަށް ހޮވޭ ފަރާތަކަށް ހަތަރު މީހަކު ގޮވައިގެން އުމުރާ ޕެކޭޖު ދެވޭއިރު ދެވަނަ އަދި ތިންވަނަ ފަރާތަށްވެސް އިނާމުގެ ގޮތުގައި ކަނޑައެޅިފައިވަނީ އުމްރާ ދަތުރު ކަމަށެވެ. އެ ގޮތުން ދެވަނައަށް ހޮވޭ ފަރާތަކަށް ދެ މީހަކަށް އުމްރާ ދަތުރެއް ދޭއިރު ތިންވަނައަށް ހޮވޭ ފަރާތަށް ވެސް އުމްރާ ދަތުރެއް ދިނުމަށް އެސްޓީއޯ އިން ހަމަޖައްސާފައިވެ އެވެ.

އެ ކުންފުނިން ބުނީ މީގެ އިތުރުން ހަފްތާއަކު އެއްފަހަރު ނެގޭ ގުރުއަތުގައި ވެސް 10،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަގުހުރި އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެސްޓީއޯ އިން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ ރަމަޒާން ބާޒާރުގައި ހޯމް އިމްރޫވްމަންޓުން ވިއްކާ ބައެއް ބްރޭންޑްތަކުގެ މުދަލާއެކު ވަގުތުން ހަދިޔާ ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 10،000 ރުފިޔާއިން މަތީގެ މަކީޓާގެ ކޮންމެ ވިޔަފާރިއަކާއެކު އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކޮންމެ ހަފާތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ މަކީޓާ ބުރުމާ ބޭނުންކޮށްގެން ތޮރުފުމުގެ މުބާރާތެއް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރަމަޟާން ބާޒާރުގައި އެސްޓީއޯއިންވަނީ އެ ކުންފުނިން ވިއްކާ ނިޕޯން ވިނިލެކްސް އަދި ނިޕޯން ވިނީލް ސިލްކް ރޭންޖްގެ ކުލަތަކުން ވެސް 15 ޕަސެންޓް ޑިސްކައުންޓެއް ދޭން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން އާއްމުންގެ މެދުގައި މަގުބޫލު ފިލިޕްސް އެއާފްރައިޔާއާ އެކު ވެސް ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި