ަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ މައުލޫމާތު މުއްސަނދިކޮށް، އެދަރިވަރުންނަށް އެމައުލޫމާތުތައް ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށް އެމްޓީސީސީގެ ފަރާތުން "ޑިސްކަވާ އެމްޓީސީސީ" ނަމުގައި ޕްރޮގުރާމެއް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ފެށި "ޑިސްކަވާ އެމްޓީސީސީ" ޕްރޮގްރާމަކީ، ކުންފުނީގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައުލޫމާތު މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ހިއްސާކުރުމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

މި ޕްރޮގްރާމްގެ ދަށުން، ޤައުމީ ޔުނިވާސިޓީގެ 25 ދަރިވަރުން، ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޕްރޮޖެކްޓް ސައިޓަށް މިއަދު ޒިޔާރަތްކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މިއަދުގެ އެޒިޔާރަތުގައި ބައިވެެރިވި ޤައުމީ ޔުނިވަރސިޓީގެ 25 ދަރިވަރުން ނިސްބަތްވަނީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީގެ އަދި އިންޖިނިއަރިން ޑިޕާޓްމަންޓަށް ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ މި ޒިޔާރަތުގައި އެމްޓީސީސީން ކުރިއަަށް ގެންދާ މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައި، މަޝްރޫއާ ބެހޭ މައުލޫމާތު ހޯދާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ މައުލޫމާތު މުއްސަނދިކޮށް، އެ މައުލޫމާތު ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަކީ މިޕްރޮގްރާމްގެ އަމާޒެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ދަރިވަރުން ތައުލީމު ހާސިލުކުރާ ދާއިރާތަކާ ގުޅުން ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތުވެސް މިޕްރޮގްރާމްގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.