ރަށްރަށަށް އަރައި ފޭބުން ކައުންސިލުންތަކުން މަނާ ނުކުރުމަށް އެދެފި
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނިންމުންތައް ނިންމުމަށް ޤާނޫނީ ގޮތުން ބާރުލިބިދީފައިވާ ފަރާތުން، އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލަފުޅަށް އެފަދަ ނިންމުންތައް ނުނިންމެވުމަށް އެލްޖީއޭއިން އެދެފިއެވެ. އެލްޖީއޭއިން މިއަދު ނޫސްތަކަށް މައުލޫމާތު ދެމުން އާންމުކުރި ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމުގައިވާކޮވިޑް-19 (ކޮރޯނާ ވައިރަސް) އާއި ގުޅ...