ކުޅުދުއްފުށީގައި އަގުހެޔޮކޮށް ވިއްކާ، ބަހަމުންދާ ކެބެޖަކީ ކުނިކޮށިން ހޮވާފައިވާ ތަކެތިކަމަށް ވާތީ ބޭނުން ކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރއެޗް) އިން އެދެފިއެވެ.
ކޭއާރއެޗް ގެ ފޭސްބުކް ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަށުތެރޭގައި އާންމު ބައެއް ފަރާތްތަކުން އަގުހެޔޮކޮށް ވިއްކާ އަދި ބަހަމުންދާ ކެބެޖަކީ ކުނިކޮށިން ހޮވާފައިވާ ތަކެތި ކަމަށް އަޅުގަނޑުމެންނަށް ފާހަގަވެފައި ވާތީ އެ ތަކެތި ގަނެ ކެއުމަކީ ޞިއްޙީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިދާނެ ކަމަކަށް ވާތީ އެފަދަ ތަކެތި ބޭނުން ނުކުރުމަށް އާންމުންނަށް އިލްތިމާސް ކުރާކަމަށެވެ.
މިފަދަ ފަރާތްތައް ފާހަގަކޮށް އަޅުގަނޑުމެން އެ ފަރާތްތައް ހުއްޓުވާ އަދި އަދި އެއްބާރުލުން ނުލިބޭ ފަރާތްތަކާއި މެދު ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ ވާހަކަވެސް އާންމުންގެ މައުލޫމާތަށްޓަކައި ދަންނަވަން
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!