ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ކޮންމެ ގެއަކަށް އެއް ޓަނު ފެން ހިލޭ ދިނުމަށް އެމްޑަބްލިއުއެސްސީއިން ނިންމައިފި އެވެ.

ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި ގޮތުގައި، ކޮންމެ ގެއަކަށް ހިލޭ އެއް ޓަނު ފެން ދިނުމަށް އެމްޑަބްލިއުއެސްސީއިން ނިންމާފައިވާ ކަމަށެވެ.

Ad
rt

ރާއްޖޭގެ މިހާރު މިއޮތް ހާލަތުގައި އެ ކުންފުނިން މިގޮތަށް ނިންމެވުމުން އެކަމަށް މަބްރޫކް ވަނީ އެމްޑަބްލިއުއެސްސީއަށް ޝުކުރު އަދާކުރައްވާފައެވެ.

މިހާތަނަށް ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް 10 މީހަކު ފެނިފައިވާއިރު، މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ.