ދުނިޔޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުން ދާތީ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކަ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކަލުން ދިވެހި ރައްޔިތުން އަދި ހާއްސަކޮށް ފެނަކައިގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މަސައްކަތް ކީރިތި ޤުރާއާނުގެ ބަރާކަތުން ފެށުމަށާއި އަދި ބަލިމަޑުކަމުން ދިންނެވުން އެދި ކުރާ ދުޢާ އަކުން މަސައްކަތް ފެށުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު ނިންމަވާފައިވާ ކަމަށެވެ.

Ad
rt

ސަރުކާރުން ވެސް މިހާރު ގެންދަވަނީ ކޮވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރެން ފަށައިފިނަމަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. އެގޮތުން މިހާރު ވަނީ ސްކޫލްތަށް ބަންދު ކޮށް ޕާކްތަށް ވެސް ބަންދު ކޮށްފައިއެވެ.