ހއ. ހޯރަފުށީ ކައުންސިލުން، އެރަށުގެ މަސައްކަތްތެރިކަން ކުރިއަރުވާ، ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރާ ލޯންއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެކައުންސިލުންވަނީ ހޯރަފުށީގެ ރައްޔިތުންނަށް 2020 ވަނަ އަހަރު ހޯރަފުށީ ކައުންސިލުން ލަފާކޮށްފައިވާ ބަޖެޓުން މަސައްކަތްތެރިން ކުރިއަރުވާ، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލޯން ދޫކުރުމަށް އެކައުންސިލުން އެކުލަވައިލައިފައިވާ އުޞޫލުވެސް އިއްޔެ އާންމު ކޮށްފައެވެ.
އެ އުޞޫލުގައި، އެ ލޯނު ދޫކުރުމުގެ މަޤްސަދެއް ކަމުގައި ބުނަނީ "ރައްޔިތުންނަށް މަންފާ ލިބޭނެ ފަދަ ގޮތަކަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ޓްރަސްޓް ފަންޑު މާލިއްޔަތު ދިރުވާ ޢާލާކުރުމަށާއި، ހޯރަފުށީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނަގަޅު ކުރުމަށް ރައްޔިތުންގެ ޓްރަސްޓް ފަންޑް މުއްސަނދި ކުރުމެވެ."
އެއުޞޫލުގެ ދަށުން ދޫކުރެވޭ ލޯނުގެ އެންމެ ކުޑަ މިންވަރަކީ، 25،000 ރުފިޔާ (ފަންސަވީސް ހާސް ރުފިޔާ)އެވެ. އެންމެ ބޮޑު މިންވަރަކީ -/ 50،000 ރުފިޔާ (ފަސްސާސް ހާސް ރުފިޔާ)އެވެ.އެ އުޞޫލުގެ ދަށުން ދޫކުރާ ލޯނު ދޫކުރެވޭ ދާއިރާތަށް:
- އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްތައް ފެށުމަށާއި، އެފަދަ މަސައްކަތްތައް ކުރިއެރުވުމަށް.
- ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް ދެވޭ އެހީތެރިކަމެއް.(އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި އަކަށްވުން)
- ލޯން ލިބުނުކަމުގައި ވިއަސް ލޯނު ޖަމާކޮށްދެވޭނީ އިކޮނިމިކް މިނިސްޓްރީގައި ރަޖިސްޓްވެފައިވާ ވިޔަފާރިތަކަށެވެ.
އެ އުޞޫލުގެ ދަށުން ދޫކުރާ ލޯނުގައި ބައިވެރިވެވޭނެ ފަރާތްތައް:
(ހ) މިއުޞޫލުގެ ދަށުން ދޫކުރާ ލޯންގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުވެފައިވާ ހޯރަފުށީގެ ރައްވެހީންނަށެވެ.
(ށ) މިގޮތުން މިލޯން ދޫކުރެވޭނީ ހަވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތް ތަކުގެ ތެރެއިން ކޮންމެ އާއިލާ އަކުންވެސް އެއް ބޭފުޅަކަށެވެ. (އާއިލާ ކަމަށް ބަލާނީ މަންމަ، ބައްޕަ، ދަރިން، އަނބިމީހާ ނުވަތަ ފިރިމީހާ)
(ނ) މި ގޮތުން މި ލޯން ދޫކުރެވޭނީ ހޯރަފުށީގައި ހިންގާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
އެ އުޞޫލުގެ ދަށުން ދޫކުރާ ލޯނު ސްކީމަށް ރަޙްނު ބަހައްޓާކަށް ނުޖެހެއެވެ. މިލޯނުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ލޯނު ދޫކުރާ ތާރީޚުން ފެށިގެން ގިނަވަގެން 3 މަސް ދުވަހެވެ.
ހޯރަފުށީ ކައުންސިލްގެ މިލޯނަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 2020 މާރިޗު 09 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށެވެ.
މި ލޯނަށް އެދޭ ފޯމާއި އިވެލުއޭޝަން ކްރައިޓީރިއާ އިއްޔެއިން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:00 އަށް ހޯރަފުށީ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެންހުންނާނެ އިންތިޒާމު އެކައުންސިލުންވަނީ ހަމަޖައްސާފައެވެ.
ހޯރަފުށީ ކައުންސިލުން އިއްޔެވަނީ އެކައުންސިލްގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ހުޅުވާލައިފައެވެ.
ޢާއްމު މަޢުލޫމާތު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ރަށުކައުންސިލުން ދޫކުރާ ލޯން އާއިގުޅޭ
http://gazette.gov.mv/iulaan/view/128611
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!