Skip to main content

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,115 Stories
136 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

ނޭޝަނަލް ސަރވިސް ކޯސް-3 ނިންމާލައި، 115 ރަށެއްގެ 341 ދަރިވަރުން ދަސްވެނިވެއްޖެ
Raajje

ނޭޝަނަލް ސަރވިސް ކޯސް-3 ނިންމާލައި، 115 ރަށެއްގެ 341 ދަރިވަރުން ދަސްވެނިވެއްޖެ

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ “ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ކޯސް-3” ނިންމާލައި، 341 ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ. މި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ. 2026 ޖޫން 8 އިން 2026 ސެޕްޓެންބަރު 19 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 115 ރަށަކަށް ނިސްބަތްވާ 352 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން ކޯސް ފު...

ބިރުން ފޮރުވި ފޮތްތައް ނެގީ، 15 އަހަރު ފަހުން ސޫރިޔާއަށް ގޮސް ގޭގެ ކޮންކްރީޓް ފާރު ތާޅާލައިގެން!
International

ބިރުން ފޮރުވި ފޮތްތައް ނެގީ، 15 އަހަރު ފަހުން ސޫރިޔާއަށް ގޮސް ގޭގެ ކޮންކްރީޓް ފާރު ތާޅާލައިގެން!

ބައްޝާރު އަލް އަސަދުގެ ރެޖީމުގެ އަނިޔާވެރިކަމާއި ފާރަވެރިކަމުން ސަލާމަތްކުރުމުގެ ގޮތުން ސީރިއާގެ ގެއެއްގެ ތެރޭގައި ހެދި ކޮންކްރީޓް ފާރެއްގެ އެތެރޭގައި ފޮރުވި ސައްތޭކަ އަށްވުރެ ގިނަ ފޮތްތަކާއި މުހިންމު ލިޔެކިޔުންތައް ނަގައިފިއެވެ. މި ތާރީޚީ އަދި އަސަރުގަދަ މަންޒަރުން ފެނިގެންދިޔައީ އަބޫ ބިލާލް ނަމަކަށް ކިޔާ އުމުރުން ދުވަސްވީ ސީރިއާގެ ރައްޔިތަކު، ކުވެއިތުގައި 15 އަހަރު ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް އައިސް، މި އަހަރުގެ އޯގަސްޓް މަހު އެ މީހާގެ އަމިއްލަ ގޭގެ ފާރު ބޮޑު މަރުތޭލަކުން […]

އުރީދޫ ފިންޓެކް މޯލްޑިވްސްގެ ކަންޓްރީ ހެޑްގެ މަގާމަށް އަޙްމަދު ނޫމާން
Business

އުރީދޫ ފިންޓެކް މޯލްޑިވްސްގެ ކަންޓްރީ ހެޑްގެ މަގާމަށް އަޙްމަދު ނޫމާން

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން، އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑްގެ މަގާމަށް އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. ނޫމާން އެންމެ ފުރަތަމަ އުރީދޫއާ ގުޅުނީ އިންޓަނޭޝަނަލް ރޯމިންގް ސާވިސަސް (އައިއާރުއީޖީ) އެކްޒެކެޓިވްއެއްގެ ގޮތުގައެވެ. އެ މަގާމުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، 2015 ވަނަ އަހަރުގެ ޖަނަވަރީ […]

މޫލީއިން އައިފޯން 18 ޕްރޯއަށް ޕްރީ އޯޑަރު ނަގަން ފަށަނީ 18 ސެޕްޓެމްބަރުގައި
Business

މޫލީއިން އައިފޯން 18 ޕްރޯއަށް ޕްރީ އޯޑަރު ނަގަން ފަށަނީ 18 ސެޕްޓެމްބަރުގައި

އެޕަލް ކުންފުނިން އެންމެ ފަހުން ތަޢާރަފުކުރި އައިފޯން 18 ޕްރޯ މޮޑެލްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސްގެ “މޫލީ” މެދުވެރިކޮށް 18 ސެޕްޓެމްބަރު 2026 ގެ މެންދަމު 00:00 ގައި ހުޅުވާލަން ނިންމައިފިއެވެ. އުރީދޫއިން ވަނީ މި ފޯނުތައް އެންމެ ފުރަތަމަ ހޯދާ ފަރާތްތަކުގެ ތެރޭގައި ހިމެނުމަށް ތައްޔާރުވުމަށް ދިވެހިންގެ ކިބައިން އެދިފައެވެ. މި ފޯނުތައް ތަޢާރަފުކޮށްފައިވަނީ ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް މަގާމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ […]

ސަޢޫދީން އިސްނަގައިގެން އުފެއްދި "މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖެއިން ބައިވެރިވެއްޖެ
International

ސަޢޫދީން އިސްނަގައިގެން އުފެއްދި "މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖެއިން ބައިވެރިވެއްޖެ

ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އުފައްދާފައިވާ “މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން” ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި، އެކަމުގެ ޗާޓަރުގައި ސޮއިކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ވަނީ ބަންޑާރަކޮށީގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން “މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން” ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ކޯލިޝަނަކީ ބައިނަލްއަޤްވާމީ ޤާ...

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި
Raajje

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ދުނިޔޭގެ ޑިޖިޓަލް މިންގަނޑުތައް ކަނޑައަޅާ ދަ ޔުނިކޯޑް ކޮންސޯޓިއަމްއިން ނެރުނު ޔުނިކޯޑް ސްޓޭންޑަރޑްގެ އެންމެ ފަހުގެ ވަރޝަންގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފިއެވެ. މި އަހަރުގެ ސެޕްޓެންބަރު 16 ގައި ނެރެފައިވާ “UNICODE 18.0” ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، އެ ނިޝާނަށް ހާއްސަކޮށްގެން ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ. ދިވެހި ރުފިޔާގެ ނިޝާނަކީ 2022 ވަނަ އަހަރުގެ ތެރޭގައި ތައާރަފުކޮށްފައިވާ ނިޝާނެކެވެ. މި ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމަކީ ޑިޖިޓަލް...

ބާރަށު ދާއިރާ ހިމެނޭހެން "ރައްޔިތުންގެ އަޑު" ސިލްސިލާގައި ނަން ނޯޓުކުރަން ހުޅުވާލައިފި
Raajje

ބާރަށު ދާއިރާ ހިމެނޭހެން "ރައްޔިތުންގެ އަޑު" ސިލްސިލާގައި ނަން ނޯޓުކުރަން ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި ފަށާފައިވާ “ރައްޔިތުންގެ އަޑު” ސިލްސިލާގެ ތެރެއިން އިތުރު ދާއިރާތަކުން މީހުން ނަން ނޯޓުކުރަން މިއަދު ހުޅުވާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން މިއަދު ނަން ނޯޓުކުރަން ހުޅުވާލާފައިވަނީ ހަ ދާއިރާއަކުންނެވެ. އެއީ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ، އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނ...

އަހަރު ދުވަހުގެ ޕީއެޗްޑީ ދިރާސާއަކަށް ވެލިފިނޮޅު ސަރަހައްދުގައި އާލާތްތަކެއް ބަހައްޓާތީ ދަތުރުވެރިން ސަމާލުވުމަށް އެދެފި
Thiladhunmathi News

އަހަރު ދުވަހުގެ ޕީއެޗްޑީ ދިރާސާއަކަށް ވެލިފިނޮޅު ސަރަހައްދުގައި އާލާތްތަކެއް ބަހައްޓާތީ ދަތުރުވެރިން ސަމާލުވުމަށް އެދެފި

ހއ. ވެލިފިނޮޅު ހިމެނޭ ފަޅުތެރޭގައްޔާއި، ވެލިފިނޮޅާއި ހޯރަފުށްޓާ ދެމެދު އޮންނަ ފަޅު ސަރަޙައްދުގައި ޕީއެޗްޑީ ދިރާސާއަކަށް ބޭނުންވާ ސާމްޕަލް ނެގުމަށާއި މޮނިޓަރ ކުރުމަށް ޚާއްޞަ އާލާތްތަކެއް ބަހައްޓާފައިވާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކައުންސިލުން މިކަމަށް އިލްތިމާސްކުރީ އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ނެރުނު އިޢުލާނެއްގައެވެ. ހޯރަފުށީ ކައުންސިލުން ބުނީ މިއީ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރ އިން ޕީއެޗްޑީ ފުރިހަމަ...

ބޭރު ފައިސާއާ ބެހޭ ދެ ގަވާއިދަކަށް އެމްއެމްއޭއިން އިސްލާހު ގެނެސް، އަމަލުކުރަން ފަށައިފި
Business

ބޭރު ފައިސާއާ ބެހޭ ދެ ގަވާއިދަކަށް އެމްއެމްއޭއިން އިސްލާހު ގެނެސް، އަމަލުކުރަން ފަށައިފި

ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދެ ގަވާއިދަކަށް އިސްލާހު ގެނެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ގަވާއިދުތައް ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފިއެވެ. އެމްއެމްއޭއިން މިއަދު އިސްލާހުކޮށް ގެޒެޓްކޮށްފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި، ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދެވެ. އަލަށް އިސްލާހުކުރެވުނު ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވ...

އެޕަލް އިން ތަޢާރަފުކުރި ފޯލްޑަބަލް ފޯނާއި އައު އުފެއްދުންތަކުގެ ތަފްސީލް!
Tech

އެޕަލް އިން ތަޢާރަފުކުރި ފޯލްޑަބަލް ފޯނާއި އައު އުފެއްދުންތަކުގެ ތަފްސީލް!

ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް މަގާމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ފޯލް އިވެންޓުގައި، އެ ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ފޯނު “އައިފޯން ޑިއޯ” އާއި އައިފޯން 18 ޕްރޯ ސީރީޒްގެ އިތުރުން އާ އެޕަލް ވޮޗް އަދި އެއާޕޮޑްސް ތަޢާރަފުކޮށްފިއެވެ. “ސަޕްރައިޒް އެންޑް ސަންޝައިން” ގެ ނަމުގައި ބޭއްވި މި އިވެންޓުގައި އެޕަލްއިން ވަނީ ސޮފްޓްވެއާއާއި ހާޑްވެއާއަށް ގެނެސްފައިވާ ގިނަ ބަދަލުތަކެއް އާންމުންނަށް ދައްކާލާފައެވެ. އައިފޯން ޑިއޯ: އައިޕެޑްގެ ފަރުމާއަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެޕަލ...

ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް 59 ފަރާތުގެ ލިސްޓު އާންމުކޮށް އެމްއެމްއޭގެ އިލްތިމާސެއް!
News

ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް 59 ފަރާތުގެ ލިސްޓު އާންމުކޮށް އެމްއެމްއޭގެ އިލްތިމާސެއް!

ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވާ 59 ފަރާތުގެ ލިސްޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށް، އެ އޮތޯރިޓީގެ ލައިސަންސް ނެތި އެފަދަ މުއާމަލާތްތައް ކުރާ ފަރާތްތަކާއެކު މުއާމަލާތް ނުކުރުމަށް އިލްތިމާސްކޮށްފިއެވެ. އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރު ފައިސ...

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގައި 48 ޓީމު
Business

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގައި 48 ޓީމު

މިހާރު ކުރިއަށްދާ “އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026” ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 48 ޓީމަކުން ވާދަކުރަމުން އަންނަ ކަމަށް އުރީދޫން ބުނެފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތަށް އެކި އަތޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ. އުރީދޫން ބުނި ގޮތުގައި އެކި ރަށްރަށުގެ ބައިވެރިން ހިމެނޭ ގޮތަށް ކުރިއަށްދާ މި މުބާރާތުގައި ޓީމުތައް ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް […]

މެކްސިކޯގެ ފައްޅިއެއްކައިރީ ބަޑިބޭސްތަކެއް ގޮވައި 10 މީހުން މަރުވެ، 64 މީހުން ޒަޚަމްވެއްޖެ
International

މެކްސިކޯގެ ފައްޅިއެއްކައިރީ ބަޑިބޭސްތަކެއް ގޮވައި 10 މީހުން މަރުވެ، 64 މީހުން ޒަޚަމްވެއްޖެ

މެކްސިކޯގެ މެދުތެރޭގައި އޮންނަ މެކްސިކޯ ސްޓޭޓްގެ ރަށެއްގައި ބޭއްވި ނަސޯރާ ދީނުގެ އީދެއްގެ ތެރެއިން ފައްޅިއެއްގެ ކައިރީގައި ރައްކާކޮށްފައި ހުރި ބަޑިބޭސްތަކެއް ގޮވައި ފާރެއް ވެއްޓި، 10 މީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައި އޮންނަ، 66،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދެއްގައެވެ. ހޮނިހިރު ދުވަހުގެ ރޭ މި ގޮވުންތައް ގޮވާފައިވަނީ އެ […]

އުރީދޫ 'ހިނގާ' ޕްރޮމޯޝަން: އަޒުމާއަށް އޭޓީވީއެއް، އިތުރު 2 އޭޓީވީ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް!
Business

އުރީދޫ 'ހިނގާ' ޕްރޮމޯޝަން: އަޒުމާއަށް އޭޓީވީއެއް، އިތުރު 2 އޭޓީވީ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް!

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ‘ހިނގާ’ އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިއަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. މި ޕްރޮމޯޝަންގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، އަޒުމާއަކީ މި އިނާމު ހޯދި ހަތަރުވަނަ ކަސްޓަމަރެވެ. ޑިސެމްބަރު 20، 2025 ގައި ފެށި މި ޕްރޮމޯޝަން 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުނެއެވެ. މުޅި ޕްރޮމޯޝަންގެ […]

އިންޑިއާގެ ކާށި އެކްސްޕޯޓް 62% އިތުރުވެ، އުކާލާ ނާށިން ބިލިއަން ރުޕީސްގެ އާމްދަނީއެއް
International

އިންޑިއާގެ ކާށި އެކްސްޕޯޓް 62% އިތުރުވެ، އުކާލާ ނާށިން ބިލިއަން ރުޕީސްގެ އާމްދަނީއެއް

އިންޑިއާގެ ކާށީގެ ދަނޑުވެރިކަމާއި އޭގެ އުފެއްދުންތައް އެކްސްޕޯޓްކުރުން ބޮޑުތަނުން އިތުރުވެ، އެ ގައުމުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނަމުންދާ ކަމަށް އެ ގައުމުގެ ކޮކޮނަޓް ޑިވެލޮޕްމަންޓް ބޯޑުން ބުނެފިއެވެ. 2025-2026 ވަނަ އަހަރުގެ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، އެ ގައުމުގެ ކާށީގެ އެކްސްޕޯޓް 62 އިންސައްތަ އިތުރުވެ، އެކްސްޕޯޓުން ލިބުނު އާމްދަނީ 7،038 ކްރޯޑް އިންޑިއަން ރުޕީސްއަށް ވުރެ މައްޗަށް ޖެހިލާފައިކަމަށް ދައްކައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން ކާށި އުފައްދާ އެންމެ ބޮޑު...