އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިއަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
މި ޕްރޮމޯޝަންގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، އަޒުމާއަކީ މި އިނާމު ހޯދި ހަތަރުވަނަ ކަސްޓަމަރެވެ.
ޑިސެމްބަރު 20، 2025 ގައި ފެށި މި ޕްރޮމޯޝަން 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުނެއެވެ. މުޅި ޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ދެ މަހުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކުވެސް އެއް ކަސްޓަމަރަކަށް އޭޓީވީއެއް ލިބިގެންދާނެއެވެ.
މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްދާ ކެމްޕޭނެކެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފައެވެ.
ގުރުއަތުލުމުގައި ބައިވެރިވެވޭނީ ގުރުއަތުލުމުގެ ކުރިން އަންނަ 60 ދުވަހުގެ ތެރޭގައި، އުރީދޫގެ ޚިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ޚަރަދުކޮށްފައިވާ ކަސްޓަމަރުންނަށެވެ. މީގެ އިތުރުން ގުރުއަތުލާ ދުވަހާ ހަމައަށް އެ ކަސްޓަމަރެއްގެ ޚިދުމަތް އެކްޓިވްކޮށް ބަހައްޓަންޖެހޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.
މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރު އުރީދޫ ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުން މި މުއްދަތުގެ ތެރޭގައި އަލަށް އުރީދޫގެ ޚިދުމަތްތައް ބޭނުންކުރަން ފަށާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ. ކުރީގެ ގުރުއަތުތަކުން އޭޓީވީ ލިބިފައިވާ ކަސްޓަމަރުންނަށްވެސް 6 ވަނަ ގުރުއަތުލުން ނުވަތަ ގްރޭންޑް ޕްރައިޒްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.
މިފަދަ ހަރަކާތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ އިތުބާރާއި ލޯތްބަށް ޝުކުރު އަދާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމާއި ފައިދާ ހޯދައިދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!