މެކްސިކޯގެ މެދުތެރޭގައި އޮންނަ މެކްސިކޯ ސްޓޭޓްގެ ރަށެއްގައި ބޭއްވި ނަސޯރާ ދީނުގެ އީދެއްގެ ތެރެއިން ފައްޅިއެއްގެ ކައިރީގައި ރައްކާކޮށްފައި ހުރި ބަޑިބޭސްތަކެއް ގޮވައި ފާރެއް ވެއްޓި، 10 މީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައި އޮންނަ، 66،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަހައްދެއްގައެވެ. ހޮނިހިރު ދުވަހުގެ ރޭ މި ގޮވުންތައް ގޮވާފައިވަނީ އެ ރަށުގެ 'ޕެޓްރަން ސެއިންޓް'ގެ ޝަރަފުގައި ބޭއްވި ދީނީ އީދުގެ ތެރެއިން ހަވާގެ ކުޅިވަރުތައް ބަލަން ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ތިއްބައެވެ.
މެކްސިކޯ ސްޓޭޓް ސަރުކާރާ ހަވާލާދީ 'އެލް ޕާއިސް' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ފައްޅީގެ އިމާރާތުގެ ތެރޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޖާގައެއްގައި ރައްކާކޮށްފައި ހުރި ބަޑިބޭސްތައް ގޮވައިގެންނެވެ. ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގޮވުމުގެ ވަރުގަދަކަމުން ފައްޅީގެ ފާރެއް ވެއްޓިފައިވާއިރު، މި ހާދިސާގައި މަދުވެގެން 10 މީހުން މަރުވެ 64 މީހުން ވަނީ ޒަޚަމްވެފައެވެ.
![]()
ސަރަހައްދީ ބިޝޮޕް މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ދެ ފާދިރީން (ޕްރީސްޓުން) ވެސް ހިމެނެއެވެ. ބަޑިބޭސްތައް ގޮވަން މެދުވެރިވި ސީދާ ސަބަބު އަދި ދެނެގަނެވިފައި ނުވާއިރު، މެކްސިކޯ ސްޓޭޓްގެ އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ މި ހާދިސާގެ ރަސްމީ ތަހުގީގެއް ފަށާފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބަޑިބޭސްތައް ގޮވުމަށްފަހު އެ ސަރަހައްދުވަނީ ބޯ ދުމުން ފުރިފަ އެވެ. އެމީހެއްގެ ސަލާމަތް ހޯދަން ދުންގަނޑުގެ ތެރެއިން މީހުން ދުވާ މަންޒަރު ފެނެއެވެ.
Fireworks blast kills 10 and injures dozens at a religious festival in Mexico
At least 10 people were killed and 64 injured after a fireworks explosion tore through a religious festival in Santa María Canchesda, central Mexico.
Hundreds had gathered in the church atrium for… pic.twitter.com/25IO7LVMX3
— Visegrád 24 (@visegrad24) September 7, 2026
މެކްސިކޯގެ މަގުމަތީގެ ހަރަކާތްތަކާއި ދީނީ އީދުތަކުގައި ހަވާ އަރުވައި ބަޑިބޭސް ބޭނުންކުރުމަކީ އާންމު ކަމަކަށް ވާއިރު، މިފަދަ ގޮވުންތަކުގެ ހާދިސާތައް އެ ގައުމުގައި އާންމުކޮށް ހިނގައެވެ. މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިންވެސް މެކްސިކޯގެ މެދުތެރޭ ހިދާލްގޯ ސްޓޭޓްގެ ހުއެޖުތުލާ މުނިސިޕަލިޓީގެ އަވަށެއްގައި ހަވާ ގޮވައިގެން ހިނގި ހާދިސާއެއްގައި 17 މީހަކު ވަނީ ޒަޚަމްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!