މާއުނގޫދޫގައި ބާއްވާ ''ވިމެން އެންރިޗްމަންޓް ޕްރޮގްރާމް''ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
ށ. މާއުނގޫދޫގައި “ވިމެން އެންރިޗްމަންޓް ޕްރޮގްރާމް” ގެ ނަމުގައި ބާއްވާ، ޚާއްޞަ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި ވިމެން އެންޑް ޑިމޮކްރަސީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. އެ ރަށު އތމ ކޮމެޓީން ބުނީ، މި ޕްރޮގްރާމަކީ، ރަށުގެ ކަނބަލުންގެ އިޖްތިމާޢީ އަދި ފަންނީ ހުނަރުތައް ތަރައްޤީކޮށް، ކަނބަލުން އިޖްތިމާޢީ ގޮތުންނާއި ފިކުރީ ގޮތުން އަދި ސިޔާސީގޮތުން ބާރުވެރިކޮށް ކުރިއެރުވުމުގެ...