Skip to main content

ފާތިމަތު ސަޙާ

Contributor
🇲🇻 ތިލަދުން Desk
431 Stories
166 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސަޙާ

ފުނަދޫގެ ތަރައްޤީ އާއި މާލީ ޕްލޭން ތައްޔާރުކުރަން ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ފުނަދޫގެ ތަރައްޤީ އާއި މާލީ ޕްލޭން ތައްޔާރުކުރަން ބީލަމަށް ހުޅުވާލައިފި

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ، ށ. ފުނަދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ކުރިން ކައުންސިލުގެ އިޢުލާނުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ އިދާރާއިން އެދިފައިވެއެވެ. މީގެއިތުރުން ރަޖިސްޓްރީވާ ފަރާތ...

ޚިދުމަތްތައް ފުޅާކުރަން ހޯރަފުށިން އެސްޓީއޯ އަށް 6،700 އަކަފޫޓުގެ ބިމެއް ދީފި
Thiladhunmathi News

ޚިދުމަތްތައް ފުޅާކުރަން ހޯރަފުށިން އެސްޓީއޯ އަށް 6،700 އަކަފޫޓުގެ ބިމެއް ދީފި

ހއ. ހޯރަފުށީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ވިޔަފާރިތަކާއި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، އެ ރަށުން އެ ކުންފުންޏަށް 6,700 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކޮށްފިއެވެ. މި ބިން އެސްޓީއޯއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ހޯރަފުށީ ކައުންސިލާއި އެސްޓީއޯއާ ދެމެދު ވެވުނު ކުލީގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެ ބިން އެ ކުންފުންޏަށް ދޫކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ހޯރަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ދެ ފަރާތުގެ ދ...

ރޯދައަށް ކަރައާއި ކިޔުކަންބާ ހައްދަން ދަނޑަން އެދެން ނަރުދޫގެ ގޭބިސީތަކަށް ފުރުޞަތު
Thiladhunmathi News

ރޯދައަށް ކަރައާއި ކިޔުކަންބާ ހައްދަން ދަނޑަން އެދެން ނަރުދޫގެ ގޭބިސީތަކަށް ފުރުޞަތު

ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ރަމަޟާން މަހު ށ. ނަރުދޫގައި ކަރާ އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހެއްދުމަށް ދަނޑު ނަގަން ބޭނުންވާ ފަރާތްތަކަށް އެރަށު ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކައުންސިލުން މި ފުރުޞަތު ހުޅުވާލާފައިވަނީ ރަށުގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ބަހާލައިގެންނެވެ. މިކަމާ ގުޅިގެން ނަރުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި އަހަރުވެސް ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ “ރޯދައަށް ދަނޑުބިން ދޫކުރުމުގެ އުޞޫލު” ގައިވާ ގޮތުގެމަތިން، މީހުން ދިރިއުޅޭ ގ...

ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރަން ހޯރަފުށީ ކައުންސިލުން ސައުތު ފިއުލްގެ އެއްބަސްވުން އިސްލާހުކޮށްފި
Thiladhunmathi News

ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރަން ހޯރަފުށީ ކައުންސިލުން ސައުތު ފިއުލްގެ އެއްބަސްވުން އިސްލާހުކޮށްފި

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ހޯރަފުށީ ކައުންސިލާއި ސައުތު ފިއުލް ސާވިސަސްއާ ދެމެދު ވެފައިވާ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމަށް އިސްލާހު ގެނައުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ނިންމުމާއެކު އެ ރަށުގައި ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ. މި އެއްބަސްވުމަށް އިސްލާހު ގެނައުމަށް ނިންމާފައިވަނީ ސައުތު ފިއުލް ސާވިސަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. އެގޮތުން، މި ހުށަހެޅުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާފައިވަނީ 23 ސެޕްޓެމްބަރު...

ކުޑަކުދިންގެ ''ބިޒީ ބުކް'' އިން މައުރަޒު ފަތަހަކޮށް، ވަށަފަރު އިމްތިނާންގެ ''ފިޔަވަޅު ޕްރިންޓްސް'' އަށް ބޮޑު ކާމިޔާބީއެއް!
Thiladhunmathi News

ކުޑަކުދިންގެ ''ބިޒީ ބުކް'' އިން މައުރަޒު ފަތަހަކޮށް، ވަށަފަރު އިމްތިނާންގެ ''ފިޔަވަޅު ޕްރިންޓްސް'' އަށް ބޮޑު ކާމިޔާބީއެއް!

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ބައިވެރިވެ، ހއ. ވަށަފަރު، އިމްތިނާން ޝަރީފްގެ “ފިޔަވަޅު ޕްރިންޓްސް” އިން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ފިޔަވަޅު ޕްރިންޓްސް އިން މި މައުރަޒުގައި އެވޯޑު ހާސިލުކޮށްފައިވަނީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންކުރާ ތަކެތީގެ ގިންތިން ތިންވަނަ ހޯދައިގެންނެވެ. މި އެވޯޑު އެ ފަރާތަށް ލިބިފައިވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ބިޒީ ބުކް” އަށެވެ. މައުރަޒުގެ ސްޓޯލްތަކުގަ...

އުފެއްދުންތެރިކަމުގެ މައުރަޒުން ކަނޑިތީމުގެ ނާއިޝް ތިން ދާއިރާއަކުން ވަނަ ހޯދައިފި
Thiladhunmathi News

އުފެއްދުންތެރިކަމުގެ މައުރަޒުން ކަނޑިތީމުގެ ނާއިޝް ތިން ދާއިރާއަކުން ވަނަ ހޯދައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ކަނޑިތީމަށް ނިސްބަތްވާ ޙުސެއިން ނާއިޝް ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހޯދައި އެވޯޑް ޙާޞިލުކޮށްފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ބޮޑު މައުރަޒުގައި ނާއިޝް ވަނީ މުޅިއެކު ތިން ދާއިރާއަކުން ވަނަ ކަށަވަރުކޮށްފައެވެ. އެގޮތުން އޭނާ ވަނީ ތްރީޑީ އާޓްސް ކެޓަގަރީން 1 ވަނަ ހޯދުމުގެ އިތުރުން، ކްރިއޭޓިވް އާޓްސް އެނ...

''މުތީއެއް ފަދަ އުތީމު'': ކުށުގެ ރެކޯޑު ދަށް އުތީމުގައި އެކަން ދަމަހައްޓަން ސިލްސިލާ ސެޝަންތަކެއް
Thiladhunmathi News

''މުތީއެއް ފަދަ އުތީމު'': ކުށުގެ ރެކޯޑު ދަށް އުތީމުގައި އެކަން ދަމަހައްޓަން ސިލްސިލާ ސެޝަންތަކެއް

ހއ. އުތީމަކީ ނިސްބަތުން ކުށުގެ ރެކޯޑު ދަށް ރަށެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓައި، ކުށުގެ ވެށިން ރައްކާތެރިވެފައިވާ އަމާން މާހައުލެއް އެ ރަށުގައި ގާއިމުކުރުމަށްޓަކައި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ އުތީމު ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެކެވެ. މި ސިލްސިލާގެ ފުރަތަމަ ސެޝަން މިހާރު ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި 87 ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށ...

ކުޑަކުދިންގެ ނާރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކޭއާރްއެޗްގައި ބަލިމީހުން ބައްލަވަން ފަށްޓަވައިފި
Thiladhunmathi News

ކުޑަކުދިންގެ ނާރުގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް ކޭއާރްއެޗްގައި ބަލިމީހުން ބައްލަވަން ފަށްޓަވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ކުޑަކުދިންގެ ނާރުގެ ބަލިތަކަށް ޚާއްޞަ ފަރުވާ ދެއްވުމަށް ޑޮކްޓަރަކު ބައްލަވަން ފަށްޓަވައިފިއެވެ. މި ޚިދުމަތް ފަށްޓަވާފައިވަނީ ކުޑަކުދިންގެ ނާރުގެ ބަލިތަކާ ބެހޭ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް، ޑރ. އާމިނަތު އަބޫބަކުރެވެ. ކޭއާރްއެޗުން ހާމަކޮށްފައިވާ ގޮތުގައި، ޑރ. އާމިނަތު އަބޫބަކުރު މިހާރު ވަނީ އެ ހޮސްޕިޓަލާއި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ އޯޕީޑީގައި ބަލިމީހުން ބައްލަވަން ފަށްޓަވައި، އައުޓްޕޭޝަންޓް ކޮންސަލްޓޭޝަންތައް ދެއްވަން ފައްޓަވާފައެވެ. އ...

ދިއްދޫ ކަނބަލުންނަށް ހިލޭ މޭކަޕް ކޯހެއް، ޖާގަ ލިބެނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ 15 މީހުންނަށް
Thiladhunmathi News

ދިއްދޫ ކަނބަލުންނަށް ހިލޭ މޭކަޕް ކޯހެއް، ޖާގަ ލިބެނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ 15 މީހުންނަށް

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށުގައި ހިންގުމަށް ނިންމާފައިވާ މޭކަޕް ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ދިއްދޫގައި ދިރިއުޅެމުންދާ 18 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށްގެން، އެ ފަރާތްތަކަށް އަމާޒުކޮށްގެން އިންތިޒާމުކޮށްފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މައުލޫމާތުދެއެވެ. އެ ކޮމިޓީން ބުނެފައިވާ ގޮތުގައި، މި މޭކަޕް ކޯސް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހ...

އުފެއްދުންތެރިކަމުގެ މައުރަޒުން ފުނަދޫ ޝުޢާޢު ރަން ވަނަތަކެއް ހޯދައިފި
Thiladhunmathi News

އުފެއްދުންތެރިކަމުގެ މައުރަޒުން ފުނަދޫ ޝުޢާޢު ރަން ވަނަތަކެއް ހޯދައިފި

“ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ފުނަދޫ ހިޔާވެހި، ފާޠިމަތު ޝުޢާޢު ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ހޯދައި އެވޯޑް ޙާޞިލްކޮށްފިއެވެ. ޝުޢާޢު މި މައުރަޒުގައި ވާދަކޮށްފައިވަނީ ދީނީ އުފެއްދުންތަކުގެ ދާއިރާއިންނެވެ. މި މައުރަޒުގެ ދީނީ އުފެއްދުންތަކުގެ މައި ގިންތިން ޝުޢާޢު ވަނީ 1 ވަނަ ހޯދާފައެވެ. މީގެއިތުރުން، ދީނީ އުފެއްދުންތަކުގެ ދަށުގިންތި ކަމަށްވާ، ކުޑަކުދިންނަށް ދީނީ ކަންކަން އުނގަންނައިދިނުމަށް ބޭނުންކުރެވޭ އުފެއްދުންތައް އުފެއްދުމުގެ ބައިން ވެސް އޭނާ ވަނީ ކާމިޔާބީ ހ...

ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ
Thiladhunmathi News

ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަގުތީ ގޮތުން ކަރާ އިންދުމަށް، ހއ. ކެލާގެ ދެކުނުކޮޅުން 5،000 އަކަފޫޓުގެ ދަނޑުބިންތަކެއް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކެލާ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ދެކުނުކޮޅު ވަތަބަނޑޭރި މަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ކަމަށެވެ. އަދި މި ބިންތައް ދޫކުރާނީ ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ. މި...

ވިއްސާރައިގައި ޗަކަވި މަގުތަކަށާއި ގޭގެއަށް ވެލި އަޅަން ނޮޅިވަރަމުން ނަން ނޯޓުކުރަން ފަށައިފި
Thiladhunmathi News

ވިއްސާރައިގައި ޗަކަވި މަގުތަކަށާއި ގޭގެއަށް ވެލި އަޅަން ނޮޅިވަރަމުން ނަން ނޯޓުކުރަން ފަށައިފި

ހދ. ނޮޅިވަރަމުގެ ގޭގެއާއި މަގުމައްޗަށް ވެލި އަޅަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް އެދި ނަންނޯޓު ކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާގުޅިގެން އެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، ވިއްސާރަވެ، ރަށުގައި ފެން ބޮޑުވުމާ ގުޅިގެން، ބައެއް ގޭގެއާއި މަގުތަކުގައި ޗަކަ ހެދިފައިވާތީ އެ ސަރަހައްދުތަކަށް ވެލި އެޅުމުގެ މަސައްކަތް އާރްޑީސީގެ އެހީތެރިކަމާއެކު ކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން، ވެލި އެޅުމަށް ބޭނުންވާ ފަރާތްތަކުން، 27 އޮކްޓޫބަރ 2026ވާ އަންގާރަ ދުވަހުގެ 13:00ގެ...

އަންމާފޮތް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 1000ރ، ފިއްލަދޫގައި އަގުހުރި ޕްރޮގްރާމެއް ފަށަނީ
Thiladhunmathi News

އަންމާފޮތް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 1000ރ، ފިއްލަދޫގައި އަގުހުރި ޕްރޮގްރާމެއް ފަށަނީ

ހއ. ފިއްލަދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމް 1448” ޕްރޮގްރާމްގައި ބައިވެރިވުމަށް، ނަންނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން މައުލޫމާތުދޭ ގޮތުގައި، މި ޕްރޮގްރާމަކީ 18 އަހަރުން ދަށުގެ ފިއްލަދޫގެ ރަށްވެހިންނަށާއި، އެ ރަށުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞ...

ފޮޓޯގްރަފީގެ ހުރިހާ ވަނައެއް ސާމިޔާއަށް: އުފެއްދުންތެރިކަމުގެ މައުރަޒުން ކުޅުދުއްފުށީގެ ތިން ފަންނުވެރިއަކަށް ގިނަ އެވޯޑްތަކެއް
Thiladhunmathi News

ފޮޓޯގްރަފީގެ ހުރިހާ ވަނައެއް ސާމިޔާއަށް: އުފެއްދުންތެރިކަމުގެ މައުރަޒުން ކުޅުދުއްފުށީގެ ތިން ފަންނުވެރިއަކަށް ގިނަ އެވޯޑްތަކެއް

ހުޅުމާލޭގައި މިހާރު ކުރިއަށްދާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ކުޅުދުއްފުށި ސިޓީއިން ވާދަކުރި ތިން ފަރާތަކުން މައުރަޒުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލުކޮށް އެވޯޑު ހޯދައިފިއެވެ. ކުޅުދުއްފުށި ސިޓީން މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވަނަތަކެއް ހާސިލުކޮށްފައިވަނީ އެ ރަށު ރެޑިއަމްގޭ ސާމިޔާ އާދަމްއެވެ. ސާމިޔާ ވަނީ މައުރަޒުގެ ފޮޓޯގްރަފީ ދާއިރާއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދައި، އެ ދާއިރާގެ ހުރިހާ ވަނައެއް ފުރިހަމަކޮށްފައެވެ. މ...

ޝަހީރާ އާއި ރަޟިއްޔާގެ ވިދުމާއެކު އުފެއްދުންތެރިކަމުގެ މައުރަޒުގައި އިހަވަންދޫ އަށް ބޮޑު ކާމިޔާބީއެއް
Thiladhunmathi News

ޝަހީރާ އާއި ރަޟިއްޔާގެ ވިދުމާއެކު އުފެއްދުންތެރިކަމުގެ މައުރަޒުގައި އިހަވަންދޫ އަށް ބޮޑު ކާމިޔާބީއެއް

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ހއ. އިހަވަންދޫ ކައުންސިލާއި އެ ރަށުގެ ފަންނުވެރިންނާއި އުފެއްދުންތެރިން ބޮޑެތި ކާމިޔާބީތަކެއް ހޯދައި، ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހާސިލުކޮށްފިއެވެ. މި މައުރަޒުގައި އިހަވަންދޫ ތަމްސީލުކުރި ފަރާތްތަކުން ވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މޮޅު ހުށަހެޅުންތަކެއް ދައްކައިދީފައެވެ. މި މައުރަޒުގައި ރަށު ކައުންސިލްތަކުގެ ދާއިރާއިން ވާދަކޮށް، ހއ. އިހަވަންދޫ ކައުންސިލުން ވަނީ 3 ވަނަ ކާމިޔާބުކޮށްފައެވެ. މިއީ ރަށު ފެންވަރުގައި ތައްޔާރުވެ، މައުރަޒުގައި ބައިވ...