ހއ. އުތީމު "ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ އުތީމު ކައުންސިލާއި އެ ރަށު އުތުރު ސްޕޯޓްސް ކްލަބް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
އުތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވެވޭނީ ސްކޫލް ތަޢުލީމު ނިންމާފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، އުތީމުގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދަނީ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ކުޅުންތެރިންގެ މެދުގައި ޓީމުތައް އެކުލަވާލައިގެންނެވެ.
މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ކުޅުންތެރިން، އުތީމު ކައުންސިލް ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ އޮންލައިން ފޯމު ފުރުމަށްފަހު، ނަން ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 5 ނޮވެމްބަރު 2026 އެވެ.
މި މުބާރާތް ކުރިއަށް ގެންދެވޭނީ ބައިވެރިވާ ކުޅުންތެރިންގެ ޢަދަދަށް ބެލުމަށްފަހު، މަދުވެގެން 8 ކުޅުންތެރިން ހިމެނޭ ގޮތަށް 4 ޓީމު ހަމަވެގެން ކަމަށްވެސް އުތީމު ކައުންސިލުން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!