ވިއްސާރަވެ ފެންބޮޑުވާ ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި އެހީ ޖަމުޢިއްޔާގެ ފަރާތުން ހދ. ނޮޅިވަރަންފަރު ކައުންސިލަށް 4 އިންޗީގެ ޕެޓްރޯލް ޕަންޕަކާއި ހޮޅި ހަދިޔާކޮށްފިއެވެ.

މި އެހީއާ ގުޅިގެން ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެ ޖަމުޢިއްޔާގެ އެންމެހައި މެންބަރުންނަށް ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

Ad
d

ކައުންސިލުން ހާމަކުރި ގޮތުގައި ރަށުގެ ލާބައާއި މަންފާއަށް އެހީ ޖަމުޢިއްޔާއިން ވެދެއްވި މި ދީލަތި އެހީތެރިކަމަކީ ނުހަނު ބޭނުންތެރި އަދި ޝުކުރުވެރިކަމާއެކު ބަލައިގަންނަ އެހީއެކެވެ.

މިއީ ވިއްސާރަ މޫސުމުގައި ރަށުތެރޭގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ލިބުނު މުހިންމު އެހީތެރިކަމެއްކަން ފާހަގަކުރެވެއެވެ.

Ad
df

މި އޮކްޓޫބަރު މަހު، ރާއްޖެއަށް ކުރި ވިއްސާރައިގައި އުތުރުގެ ހއ އާއި ހދ އަތޮޅުގެ 18 ރަށެއްގައި ފެންބޮޑުވެ، ހާދިސާތައް ހިނގާ ގެއްލުންވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ގޮތުން ނޮޅިވަރަންފަރުގައި ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، ދެ ޕަންޕްގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.