އިސްރާއީލަށް ސިހުން ގެނުވި ތިއާގޯ އަވިލާގެ ހިތްވަރުގަދަ ރޭޑިއޯ މެސެޖު
ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ހިފައިގެން ދަތުރުކުރަމުންދާ ގްލޯބަލް ސަމުދް ފްލޮޓިއްލާގެ ސްޓީރިންގް ކޮމިޓީގެ ފަރާތުން، ތިއާގޯ ޑި އަވިލާ އެ ސިލްވާ އޮލިވޭރާ (ތިއާގޯ އަވިލާ) އިސްރާއިލުގެ އުދްވާނީ ބާރުތަކަށް ފޮނުއްވި ރޭޑިއޯ މެސެޖަކުން ވަނީ އިސްރާއީލަށް ސިހުން ލިބިފައެވެ. ބްރެޒިލްގެ އިންސާނީ އެހީތެރިކަމާއި މޫސުމީ ހަރަކާތްތެރިއެއްކަމަށްވާ ތިއާގޯ އަވިލާގެ މި ހިތްވަރުގަދަ މެސެޖުގައި ވަނީ، ބައިނަލްއަގްވާމީ ގަވާއިދުތަކާ ހިލާފަށް އިސްރާއިލުން ޣައްޒާ ހިސާރުކޮށްފައިވާތީ، އެ ހިސާރު ނައްތާލައި އ...