''އަހަރެމެންގެ ލޯ، އަހަރެމެންގެ ކަންފަތް، އަދި އަހަރެމެންގެ ހިތްތައް ވަނީ ސުމޫދު ފްލޮޓިލާ އާއެކުކަމަށް'' ތުރުކީގެ މަޖިލިސް މެންބަރެއްކަމަށްވާ ޒެހްރާނޫރު އަޔްދެމީރް ވިދާޅުވެއްޖެއެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ މިހާރު ވަނީ ޣައްޒާއާއި 150 ނޯޓިކަލް މޭލު ހިސާބާ ކައިރިވެފައެވެ.

Ad
rt

2023 ވަނަ އަހަރު ތުރުކީގެ ވެރިކަން ކުރާ އޭ.ކޭ ޕާޓީގެ އެންމެ ހަގު މަޖިލިސް މެންބަރެއްގެ ގޮތުގައި އިންތިޚާބު ކާމިޔާބުކުރި ޒެހްރާނޫރު އަޔްދެމީރް ވަނީ އެ ފްލޮޓިލާއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެ ފްލޮޓިލާ "ގިނަ ދުވަހެއް ނުވެ ޣައްޒާގެ އަތިރިމައްޗަށް" ފޯރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"ޤާތިލު ނަތަންޔާހޫ ސަރުކާރުން މީޑިއާ މެދުވެރިކޮށް ފަތުރަން ބޭނުންވި ބިރުވެރިކަން އެމީހުން ހުއްޓުވަން ފުދިފައެއް ނުވޭ." އޭނާ ބުނެފަވެއެވެ.

"އަހަރެމެންގެ ލޯ، އަހަރެމެންގެ ކަންފަތް، އަދި އަހަރެމެންގެ ހިތްތައް ވަނީ މެޑިޓެރޭނިއަން ކަނޑުގައި ދަތުރުކުރަމުންދާ ސުމޫދު ފްލޮޓިލާއާއެކުގައި،. އަނިޔާވެރިން ބިނާކޮށްފައިވާ ބިރުވެރިކަމުގެ ފާރުތައް ތަޅާލުމަށް." އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާއިން ބުނެފައިވަނީ އެ ފްލީޓު ދަތުރުކޮށްފައިވަނީ ޣައްޒާއިން 150 ނޯޓިކަލް މޭލު (278 ކިލޯމީޓަރު) ދުރުގައިވާ "ހައި-ރިސްކް ޒޯން" ނުވަތަ ނުރައްކާތެރި ސަރަހައްދަށް ކަމަށެވެ. މީގެކުރިން މިސަރަހައްދުގައި ކުރީގެ ފްލޮޓިއްލާތަކަށް އިސްރާއީލް ސިފައިން ހަމަލާދީ ނުވަތަ ހުއްޓުވާފައިވެއެވެ.

އދ. ގެ ޚާއްސަ ރެޕޯޓަރ ފްރެންޗެސްކާ އަލްބަނީޒް އާއި ކޮލޮމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ ވަނީ، ފްލޮޓިއްލާއަށް އެއްވެސް އަނިޔާއެއް ނުލިބި ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުތަކުން ރައްކާތެރިކަމާއެކު ދަތުރުކުރުން ކަށަވަރުކުރުމަށްޓަކައި، އިޓަލީއާއި ސްޕެއިންގެ އުޅަނދުތައް ފްލޮޓިއްލާއާއެކު ދަތުރުކުރަމުން ދެއެވެ. އަދި، އެއްވެސް ހަމަލާއެއް ދެވޭތޯ ބެލުމަށްޓަކައި، ތުރުކީގެ ޑްރޯންތަކުން ދަނީ މަތީގައި ބުރުޖަހަމުންނެވެ. އިޓަލީން ބުނެފައިވަނީ، ފްލޮޓިއްލާއާ ފަހަތުން ދިޔަ އެ ޤައުމުގެ ފްރިގޭޓް (ހަނގުރާމަ ބޯޓު) ފަހަތަށް ޖެހޭނެ ކަމަށެވެ.

އުޅަނދުތައް ޣައްޒާއާ ގާތްވަމުންދާ ވަގުތު، ސުމޫދު ފްލޮޓިއްލާއިން ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ރައްކާތެރިކަމަށްޓަކައި، ލައިވް ވީޑިއޯ ދައްކަން ފަށާފައެވެ.

ޣައްޒާއަށް ދަތުރުކުރާ މި ފްލޮޓިއްލާ ހުއްޓުވާނެ ކަމަށް އިސްރާއީލުން ވަނީ ހުވާކޮށްފައެވެ. އަދި، އެމީހުން ދަނީ މި ވޮލަންޓިއަރުން "ޤާނޫނީ ކަނޑުގެ ބްލޮކޭޑެއް ފޫދުއްވަން މަސައްކަތްކުރާ" ކަމަށް ބުނަމުންނެވެ. ނަމަވެސް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުން ހުއްދަ ދޭކަން ވަރަށް ސާފެވެ.