Skip to main content

ނާޒިމާ އަލީ

Contributor
🇲🇻 ތިލަދުން Desk
1,276 Stories
4,513 Reads

Published on ތިލަދުން (Thiladhun) by ނާޒިމާ އަލީ

ސްޕޭނުން އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ ޤާނޫނެއް ފާސްކޮށްފި
International

ސްޕޭނުން އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ ޤާނޫނެއް ފާސްކޮށްފި

ސްޕޭންގެ ޕާލަމެންޓުން، އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ ޤާނޫނެއް ފާސްކޮށްފިއެވެ. އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗެޒް ވިދާޅުވެފައިވާގޮތުގައި މި ޤާނޫނު ފާސްކުރުމުގެ މައިގަނޑު މަޤްޞަދަކީ “ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުން ހުއްޓުވުން” ކަމަށެވެ. މި ޤާނޫނު ފާސްކުރުމަށް ޕާލަމެންޓުގައި ނެގުނު ވޯޓުގައި 178 މެންބަރުން ތާއީދުކުރިއިރު، 169 މެންބަރުން ވަނީ އިދިކޮޅަށް ވޯޓުދީފައެވެ. މި ޤާނޫނަކީ ސެޕްޓެމްބަރު މަހު ބޮޑުވަޒީރު ސާންޗެޒް އިޢުލާނުކުރެއްވި ޤަރާރެއް ޤާނޫނަކަށް ބަދަލުކުރުމަށް ފާސްކު...

ރޮނާލްޑޯ ފުޓްބޯޅައިގެ ދުނިޔޭގެ ފުރަތަމަ ބިލިއަނަރަށް
Sports

ރޮނާލްޑޯ ފުޓްބޯޅައިގެ ދުނިޔޭގެ ފުރަތަމަ ބިލިއަނަރަށް

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅަ ދުނިޔޭގެ ތާރީޚުގައި ބިލިއަނަރެއްގެ މަޤާމަށް އެރި ފުރަތަމަ ކުޅުންތެރިޔާއަށް ވެއްޖެކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފިއެވެ. މާލީ މަޢުލޫމާތާއި މީޑިއާ ކުންފުންޏެއް ކަމަށްވާ ބްލޫމްބާގްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މުއްސަނދި ފަރުދުންގެ ސާފު މުދަލުގެ އަގު ދައްކުވައިދޭ ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްގައި، މިހާރު 40 އަހަރުގެ، ޕޯޗުގަލް އަދި ސައުދީ އަރަބިއާގެ އަލްނަސްރުގެ ސްޓްރައިކަރު...

ޣައްޒާގެ ހާލަތަކީ އަރަބިން ދައްކާފައިވާ އިންތިހާއަށް ދެރަ ނާކާމިޔާބު މަންޒަރެއް: ހަމާސް
International

ޣައްޒާގެ ހާލަތަކީ އަރަބިން ދައްކާފައިވާ އިންތިހާއަށް ދެރަ ނާކާމިޔާބު މަންޒަރެއް: ހަމާސް

ޣައްޒާގައި މިވަގުތު ކުރިމަތިވެފައިވާ ނާޒުކު ހާލަތަކީ އަރަބި ދުނިޔެއިން ދައްކާފައިވާ އިންތިހާއަށް ދެރަ އަދި ނާކާމިޔާބު މަންޒަރެއް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފިއެވެ. ހަމާސް އިން މިފަދައިން ބުނެފައި ވަނީ އޮކްޓޯބަރު 7 ގެ ހަމަލާގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ޢަރަބި ދުނިޔެއަށް ފާޑުކިޔައި ހަމާސުން ބުނީ، ޣައްޒާގައި މިވަގުތު ކުރިމަތިވެފައިވާ ނާޒުކު ހާލަތަކީ އަރަބި ދުނިޔެއިން ދައްކާފައިވާ އިންތިހާއަށް ދެރަ އަދި ނާކާމިޔާބު މަންޒަރެއްގެ ނަތީޖާ ކަމަށެ...

ފަލަސްތީނުގެ އެތައްހާސް ރައްޔިތުންކުރެ ރައްޔިތެއްގެ އަޑު: ''އަހަރެމެންނަށް ފުދިއްޖެ''
Report

ފަލަސްތީނުގެ އެތައްހާސް ރައްޔިތުންކުރެ ރައްޔިތެއްގެ އަޑު: ''އަހަރެމެންނަށް ފުދިއްޖެ''

މިދިޔަ ދެ އަހަރު ޣައްޒާއަށް އިސްރާއީލުން މިސައިލުތަކުންނާއި، ޓޭންކަރުތަކުންނާއި، ބޮމުންނާއި އަދި ބަޑިން ދިން ހަމަލާތަކުގެ ސަބަބުން، ގެދޮރު ގެއްލި ހިޖުރަކުރަން މަޖުބޫރުވެފައިވާ ފަލަސްތީނުގެ 38 އަހަރުގެ އިނާސް އަބޫ މަޢުމަރުގެ ހިތާމައިގެ މައްޗަށް ވަނީ އިތުރު ހިތާމަތަކެއް ވެރިވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގެއްލުންތަކުގެ ތެރެއިން، އޭނާއަކީ އެ ބިރުވެރިކަމައީ ހިތާމަ ބަރުދާސްތުކުރަމުން އަންނަ އެކަކެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަސްތަކުގައި...

ގާޒާގައި އިސްރާއީލުން ދަނީ ''ހެލްތް ޖެނޮސައިޑެއް'' ވެސް ހިނގަމުން: ޞިއްޙަތާބެހޭ ވުޒާރާ
International

ގާޒާގައި އިސްރާއީލުން ދަނީ ''ހެލްތް ޖެނޮސައިޑެއް'' ވެސް ހިނގަމުން: ޞިއްޙަތާބެހޭ ވުޒާރާ

ގާޒާގައި އިސްރާއީލުން ހިންގާ ހަމަލާތަކުގެ ސަބަބުން މި ސަރަޙައްދުގައި ހިނގަމުންދާ ކަންތައްތަކަކީ ހަމައެކަނި “އިންސާނީ ކާރިސާއެއް” ނުވަތަ އިސްރާއީލުން ކޮށްފައިވާ “ދިގު ލިސްޓެއްގެ ކުށްތަކެއް” އެކަނިނޫން ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާޢީލުން ގާޒާގައި ހިންގަމުންދާ ކަންތައްތަކަކީ ޞިއްޙީ ޚިދުމަތްތަކުގެ ނިޒާމުން ތަމްސީލުކޮށްދޭ އިންސާނީ ދިރިއުޅުމުގެ އަސާސްތައް ފުރިހަމައަށް އަދި ގަސްތުގައި ނައްތާލުމެއް ކަމަށެވެ. އަދި މިހާރު ހިނގަމުންދަ...

ގާޒާއާ ގުޅޭ ކޮންމެ ޕްލޭނެއްގައި ފަލަސްތީނުގެ ޙައްޤުތައް މައިގަނޑު ބައެއްގެ ގޮތުގައި އޮންނަންޖެހޭނެ: އދ.
International

ގާޒާއާ ގުޅޭ ކޮންމެ ޕްލޭނެއްގައި ފަލަސްތީނުގެ ޙައްޤުތައް މައިގަނޑު ބައެއްގެ ގޮތުގައި އޮންނަންޖެހޭނެ: އދ.

ގާޒާ ސަރަޙައްދާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުމުގައި ހިމެނޭ ބައެއް ކަންތައްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ “ވަރަށް ބޮޑަށް ފުށުއަރާ” ކަންތައްތަކެއް ކަމަށް ބުނެ އދ.ގެ މާހިރުންގެ ގްރޫޕަކުން އިންޒާރު ދީފައެވެ. އދ.ގެ މާހިރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނާއި އިންސާފަށް އެއްވެސް ވަރަކަށް ރިޢާޔަތް ނުކޮށް ނުވަތަ ހަމަ ސީދާ އޭގެ އިދިކޮޅަށް، ކޮންމެ އަގަކަށްވިޔަސް ވަގުތުން ސުލްޙަ ގެނައުމަކީ އިތުރު އަނިޔާއަކަށާއި، މުސްތަޤްބަލުގައި އަނިޔާވެރިކަމާއި ހަމަނުޖެހުން އުފެދުމަށް މަގު...

ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން އިސްރާއީލުގެ އެކްސްޕޯޓްތަކާ ގުޅޭ ތަޙުޤީޤެއް ކުރުމަށް އަމުރުކޮށްފި
International

ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން އިސްރާއީލުގެ އެކްސްޕޯޓްތަކާ ގުޅޭ ތަޙުޤީޤެއް ކުރުމަށް އަމުރުކޮށްފި

ނެދަލޭންޑްސްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓް ކުރުމާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް އަލުން މުރާޖަޢާ ކުރުމަށް އަމުރުކޮށްފިއެވެ. ކޯޓުން ވަނީ ފާއިތުވި އަހަރު ދަށު ކޯޓަކުން އެފް-35 ހަނގުރާމަ ޖެޓް މަތިންދާބޯޓުގެ ބައިތައް އެކްސްޕޯޓް ކުރުން މަނާކުރުމަށް ނެރުނު އަމުރު ދަމަހައްޓާފައި ނުވިޔަސް، ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް މި ޖެޓް ބައިތައް ބޭނުންކުރެވިދާނެ ރިސްކެއް އޮތްތޯ ސަރުކާރުން ވަޒަންކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައެވެ. “މިނިސްޓަރު އެކްސްޕޯޓް ލައިސަންސްއާ ގުޅޭގޮތުން...

އިޒްރޭލުގެ ހައްދުފަހަނައެޅި ވަޒީރުގެ ވާހަކަތަކާއި ގުޅިގެން ގްރީސުން ފިޔަވަޅުއަޅަނީ
International

އިޒްރޭލުގެ ހައްދުފަހަނައެޅި ވަޒީރުގެ ވާހަކަތަކާއި ގުޅިގެން ގްރީސުން ފިޔަވަޅުއަޅަނީ

އިޒްރޭލުގެ ގައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެން-ގްވިރް، ‘ގްލޯބަލް ސުމޫދު ފްލޮޓިލާ’ ގެ އެކްޓިވިސްޓުންނަށް “ޓެރަރިސްޓުން” ކަމަށް ސިފަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، ގްރީސްއިން ޑިޕްލޮމެޓިކް ފިޔަވަޅުތަކެއް އަޅަން ތައްޔާރުވެއްޖެއެވެ. ގްރީސްގެ ލޯކަލް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގްރީސްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވަނީ މިކަމާ ގުޅިގެން ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މި ވާހަކަތައް ބެން-ގްވިރް ދައްކާފައިވަނީ ހުކުރު ދުވަހު، އިސްރާއީލުގެ ބަންދު މަރުކަޒަކަށް ޒިޔާރަތްކުރުމަށްފަހުގައެވެ. އޭނާ ވަނީ...

''އިސްރާއީލުން ހިންގީ ބައިނަލްއަގްވާމީ ޤާނޫނާއި ޚިލާފް ކަނޑުފޭރުމުގެ ޢަމަލެއް''
International

''އިސްރާއީލުން ހިންގީ ބައިނަލްއަގްވާމީ ޤާނޫނާއި ޚިލާފް ކަނޑުފޭރުމުގެ ޢަމަލެއް''

ފަލަސްތީނަށް އެހީގެ ސާމާނާއެކު ދަތުރުކުރި ފްލޮޓިލާ އުޅަނދުފަހަރަށް އިސްރާއީލުން ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ސީދާ ޚިލާފު ކަނޑުފޭރުމުގެ ޢަމަލެއް ކަމަށް ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރައްވާ ޤާނޫނީ ވަކީލު ޑައިއާނާ ބުޓޫ ވިދާޅެއްޖެއެވެ. މިގޮތުން ބައިނަލްއަގްވާމީ ކަނޑުގައި ދަތުރުކުރަމުންދިޔަ އުޅަނދުތަކަށް އަރައިގަނެ، އެ ފަރާތްތައް ހިފާ ހައްޔަރުކޮށް އިސްރާއީލަށް ގެންދިއުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ބޮޑު ޚިލާފުވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ”އޭޖޭ+” އަށް ދެއްވި އިނ...

ފްލޮޓިލާގެ އައު އުޅަނދުތަކެއްގެ ''ރާޅެއް'' ދަތުރުފަށައިފި
International

ފްލޮޓިލާގެ އައު އުޅަނދުތަކެއްގެ ''ރާޅެއް'' ދަތުރުފަށައިފި

ޣާއްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ އާއެކު އިތުރު 9 އުޅަނދު މިހާރު ދަތުރު ފަށާފައިވާ ކަމަށް ފްލޮޓިލާ އިންތިޒާމްކުރާ ފަރާތުން މިއަދު ހާމަކޮށްފިއެވެ. ފްލޮޓިލާގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ އިޒްރޭލުން ގިނަ އަހަރުތަކެއް ވަންދެން ޤާނޫނާ ޚިލާފަށް ޣާއްޒާގައި ކުރަމުންދާ ހިޞާރު ނިމުމަކަށް ގެނައުން ކަމަށެވެ. އަދި މި މިޝަނަކީ ހަމައެކަނި އިންސާނީ އެހީގެ މަޤްޞަދުގައި ކުރިއަށްގެންދާ މިޝަނެއް ކަމަށް އެފަރާތ...

ކޮލޮމްބިއާގައި ތިބި އިޒްރޭލުގެ ހުރިހާ ޑިޕްލޮމެޓުން ބޭރުކުރާނަން: ރައީސް ޕެޓްރޯ
International

ކޮލޮމްބިއާގައި ތިބި އިޒްރޭލުގެ ހުރިހާ ޑިޕްލޮމެޓުން ބޭރުކުރާނަން: ރައީސް ޕެޓްރޯ

ކޮލޮމްބިއާގައި ތިބި އިޒްރޭލުގެ ހުރިހާ ޑިޕްލޮމެޓުން ބޭރުކުރައްވާނެ ކަމަށް އެޤައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ އިޢުލާނުކުރަށްވައިފިއެވެ. ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ހިމެނެނީ ޖެހިލުންކުޑަކަމާއެކު އިޒްރޭލާ ދެކޮޅަށް އެންމެ ހަރުކަށި ގޮތެއްގައި ވާހަކަދައްކަވާ ދައުލަތުގެ އިސްވެރިންގެ ތެރޭގައެވެ. އެޤައުމުގައި ތިބި އިޒްރޭލުގެ ހުރިހާ ޑިޕްލޮމެޓުން ބޭރުކުރައްވާނެ ކަމަށް އިޢުލާނުކުރެއްވުމަކީ، ޣައްޒާގައި އިޒްރޭލުން ހިންގި ހަނގުރާމައިގެ ޢަމަލުތަކާ ގުޅިގެން 2024 ވަނަ އަހަރުގެ މޭ މަހު އިޒްރޭލާއެކު ރަސްމީކޮށ...

ޣައްޒާއަށް ދަތުރުކުރަމުންދިޔަ ފްލޮޓިލާގެ އެއް އުޅަނދު އަދިވެސް ދަތުރުގައި
International

ޣައްޒާއަށް ދަތުރުކުރަމުންދިޔަ ފްލޮޓިލާގެ އެއް އުޅަނދު އަދިވެސް ދަތުރުގައި

ޣައްޒާއަށް އިންސާނީ އެހީގެ ގިނަ ބާވަތްތަކާއެކު ދަތުރުކުރަމުންދިޔަ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ހުރިހާ އުޅަނދެއް ހުއްޓުވައިފި ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އެ ފްލޮޓިލާގެ އެއް އުޅަނދު އަދިވެސް ޣައްޒާ އާއި ދިމާއަށް ދަތުރުކުރަމުންދާ ކަމަށް އެ ފްލޮޓިލާއިން ވަނީ ހާމަކޮށްފައެވެ. ފްލޮޓިލާއިން އިއްޔެ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، “މެރިނެޓް” ނަމަކަށް ކިޔާ އެއް އުޅަނދު އަދިވެސް “ވަރުގަދައަށް” ދަތުރުކުރަމުންދެއެވެ. “ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، 21 އުޅަނދު ހުއްޓުވިފައިވާކަ...

ފްލޮޓިލާގެ ތިން އުޅަނދެއް އިސްރާއީލްގެ ބަނދަރުގައި ހިފަހައްޓާފައިވޭ: ރިޕޯޓް
International

ފްލޮޓިލާގެ ތިން އުޅަނދެއް އިސްރާއީލްގެ ބަނދަރުގައި ހިފަހައްޓާފައިވޭ: ރިޕޯޓް

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ ފްލޮޓިލާއެއްގެ މަދުވެގެން ތިން އުޅަނދު މިވަގުތު އިސްރާއީލްގެ އަޝްދޯދް ބަނދަރުގައި ހިފަހައްޓާފައިވާ ކަމަށް އަލްޖަޒީރާގެ ފެކްޓް-ޗެކިންގ އޭޖެންސީން ކަށަވަރުކޮށްދީފިއެވެ. މި އުޅަނދުތައް ހިފަހައްޓާފައި ވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން، އިސްރާއީލުން ޣައިރު ޤާނޫނީ ގޮތެއްގައި އިންޓަރސެޕްޓްކުރުމަށްފަހު ދެކުނަށް ގެންގޮސް ކަމަށް އެ ފްލޮޓިލާއިން ވަނީ ބުނެފައެވެ. މެރިން ޓްރެފިކް ވެބްސައިޓުން ލިބޭ ޓްރެކިންގ މަޢުލޫމާތުން ދައްކާގޮތުގައި، ގްރ...

މަންޑޭލާގެ ކާފަ ދަރިފުޅު ހުންނެވި އުޅަނދާއި އިސްރާއީލުގެ ބޯޓުތައް ކައިރިވުމާއެކު މެސެޖެއް މުޅި ދުނިޔެއަށް
International

މަންޑޭލާގެ ކާފަ ދަރިފުޅު ހުންނެވި އުޅަނދާއި އިސްރާއީލުގެ ބޯޓުތައް ކައިރިވުމާއެކު މެސެޖެއް މުޅި ދުނިޔެއަށް

ޣައްޒާގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް އިންސާނީ އެހީ ހިފައިގެންދާ އުޅަނދެއްގައި ޣައްޒާއަށް ދަތުރުރުކުރަމުންދާ، ދެކުނު އެފްރިކާގެ އެޕާޓައިޑް ދެކޮޅު މަޝްހޫރު ލީޑަރު، ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ކާފަ ދަރިފުޅު، މަންޑްލާ މަންޑޭލާ އޭނާ ހުރި އުޅަނދާއި އިސްރާއީލުގެ އަސްކަރިއްޔާގެ ބޯޓުތައް ކައިރިވަމުން އައުމާއެކު މުޅި ދުނިޔޭގެ މުޖުތަމަޢަށް މެސެޖެއް ހިއްސާކުރައްވައިފިއެވެ. މަންޑްލާ މަންޑޭލާ ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުގެ ބޯޓުތަކުން އޭނާ ހުންނެވި އުޅަނދަށް ނުރައްކާ ކުރާނެ ކަމުގެ ބިރު ބޮޑ...

ފްލޮޓީލާގެ 13 އުޅަނދަކުން އެކްޓިވިސްޓުން ހައްޔަރުކުރި ނަމަވެސް ހިތްވަރަށް ބަދަލެއްނާދޭ
International

ފްލޮޓީލާގެ 13 އުޅަނދަކުން އެކްޓިވިސްޓުން ހައްޔަރުކުރި ނަމަވެސް ހިތްވަރަށް ބަދަލެއްނާދޭ

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި ގްލޯބަލް ސުމޫދު ފްލޮޓިލާގެ 13 އުޅަނދެއް އިސްރާއީލު ސިފައިން ހުއްޓުވައި، 37 ޤައުމުގެ 200 އަށްވުރެ ގިނަ ހަރަކާތްތެރިން ހައްޔަރުކޮށްފިއެވެ. މިހާދިސާ ހިނގާފައިވަނީ މެޑިޓަރޭނިއަން ކަނޑު މަތީގައި، ޣައްޒާގެ އައްސޭރިއާ ގާތްކުރަމުންދަނިކޮށެވެ. ނަމަވެސް ހައްޔަރުކުރި ފަރާތްތަކުން ބުނަމުންދަނީ އެމީހުންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، މިޝަން ކުރިއަށްދާނެ ކަމަށެވެ. އިސްރާއީލު ސިފައިން ވަނީ ޣައްޒާއަށް ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދު ފްލޮ...