ޣައްޒާއަށް އިންސާނީ އެހީތެރިކަން ގެންދިޔުމަށް ދަތުރުކުރަމުންދާ ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ) އިސްރާއީލުން ކުރިން އިންސާނީ އެހީ ގެންދާ އުޅަނދުފަހަރު ހުއްޓުވާފައިވާ ސަރަޙައްދަކާ ކައިރިވެފައިވާއިރު، އެ އުޅަނދުތައް ހުއްޓުވުމަށް އިސްރާއީލުން ތައްޔާރުވެފައިވާކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފިއެވެ.

އިސްރާއީލުގެ ސަރުކާރުގެ ބްރޯޑްކާސްޓަރު ''ކަން އިން'' ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ވަނީ "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް ހުއްޓުވުމަށް ރޭވުންތަކެއް ރާވާފައެވެ. އަދި މި މަސައްކަތުގައި އިސްރާއީލުގެ ކޮމާންޑޯ ބާރުތަކާއި ކަނޑު ސިފައިން ބައިވެރިވާނެ ކަމަށް ބުނެފަވެއެވެ.

Ad
rt

މިފަދަ ގިނަ އުޅަނދުތަކެއް ހިމެނޭ މި ފްލޮޓިލާ އަކީ ޣައްޒާގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ.

''ކަން އިން'' ހާމަކުރި ގޮތުގައި، މި ރޭވުމުގެ ދަށުން ސަތޭކަ އަކަށް އެކްޓިވިސްޓުން އިސްރާއީލުގެ ކަނޑު ސިފައިންގެ ބޮޑެތި އުޅަނދުފަހަރަށް އަރުވައި، އަޝްދޯދު ބަނދަރު މެދުވެރިކޮށް ސުވާލުކުރުމަށްފަހު އިސްރާއީލުން ބޭރރުކުރެވޭނެއެވެ.

މީގެ އިގެ އިތުރުން، ފްލޮޓިލާގައި ހިމެނޭ 50 އަކަށް އުޅަނދު ދަތުރުކޮށްފައި ގެންދިއުމަކީ ދަތިކަމަކަށްވާތީ، ބައެއް އުޅަނދުތައް ކަނޑުމަތީގައި ފައްތާލާނެ ކަމަށްވެސް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، މި ފްލޮޓިލާ އަކީ ކުރީގެ މިފަދަ މިޝަންތަކާ ތަފާތު އެއްޗެއްކަން ފާހަގަކޮށްފައިވެއެވެ. އެއީ މި ފްލޮޓިލާގައި "ގިނަ އުޅަނދުތަކަކާއި އަދި ހަނގުރާމަވެރި އުޅަނދުތަކުގެ އެހީތެރިކަން" ލިބިފައިވާތީ ކަމަށް ބްރޯޑްކާސްޓަރުން ބުނެފައިވެއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދު ފަހަރުގައި، 50 އަށްވުރެ ގިނަ އާންމު އުޅަނދު ހިމެނެއެވެ. މި ބޯޓުފަހަރުގެ މަޤްޞަދަކީ އިސްރާއީލުން ޣައްޒާ ސަރަޙައްދު ވަށައިގެން ކަނޑުމަގުން ހިންގަމުންދާ ބްލޮކޭޑް ނައްތާލުމެވެ. ބޯޓުފަހަރުގައި ވަކީލުންނާއި އެކްޓިވިސްޓުންގެ އިތުރުން، ސްވިޑަންގެ ތިމާވެށީގެ ކެމްޕޭނަރ ގްރޭޓާ ތުންބާގް ވެސް ހިމެނެއެވެ.