ދޯހާ، 29 ސެޕްޓެމްބަރު 2025: އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އެންގުމަކަށް، ގަތަރުގެ ކިބައިން މައާފަށް އެދިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫ ވަނީ، ހަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލް ޘާނީއަށް ގުޅައި މަޢާފަށް އެދިފައެވެ.
ނަތަންޔާހޫ މި ފޯނު ކޯލު ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަކަށްފަހުގައެވެ. އޭނާ މައާފަށް އެދިފައި ވަނީ މި މަހުގެ ކުރީކޮޅު ދޯހާގައި ތިބި ހަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ޣައިރު މުތަވައްޤިޢު ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާގައި ފަސް މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ހައްޔާގެ ދަރިކަލަކާއި އެހީތެރިއެއް ކަމަށްވާ ޖިހާދު ލަބާދު ހިމެނެއެވެ.
މި ހާދިސާއިން އެމެރިކާ-އިސްރާއީލު ގުޅުމަށް އިތުރު ބުރޫއަރާފައިވާކަމަށް ދުނިޔެއަށް ވަނީ ދައްކާފައެވެ. އަދި ނަތަންޔާހޫގެ ނިންމުންތަކާމެދު ޓްރަމްޕްގެ ނުރުހުން އިތުރުވަމުންދާކަމަށް ވަނީ ދައްކާފައެވެ. ނަމަވެސް އިސްރާއީލުގެ ރިމޯޓު އޮންނަނީ އެމެރިކާގެ އަތުގައިކަމީ އެންމެންވެސް ދަންނަ ހަގީގަތެކެވެ.
ދޯހާއަށް ދިން ހަމަލާއާ ގުޅިގެން ޓްރަމްޕް ވަނީ ނެތަންޔާހޫއަށް ހަރުކަށި ގޮތަކަށް އިންޒާރުދެއްވާފައެވެ. އަދި މި ހަމަލާއަކީ "ބުއްދިވެރި ކަމެއް ނޫން" ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުން ސަރަޙައްދުގެ ނާޒުކު ޑިޕްލޮމެޓިކް މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރުމުގެ ބިރު އޮތްކަމާމެދު ޓްރަމްޕް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. ނަމަވެސް، ނަތަންޔާހޫ މި ނިންމުން ބުނެފައި ވަނީ މި ހަމަލާ ދިނުމަށް ލިބުނު ވަގުތު ކުރުކަމަށެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރާ މުހިންމު މެދުވެރިއެއްގެ ގޮތުގައި މިޞްރާއެކު މަސައްކަތްކުރަމުންދާ ޤަތަރުން މި ހަމަލާ ކުށްވެރިކޮށް، މިއީ "ފިނޑި" އަދި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް ބުނެފައިވެއެވެ. ޤަތަރުގެ ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު މާޖިދް އަލް-އަންޞާރީ ވިދާޅުވެފައިވަނީ މި ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރުން ދިރިއުޅޭ ދޯހާގެ ރިހާއިޝީ އިމާރާތްތަކަށް ކަމަށެވެ. ހަމާސްއިން މި ހަމަލާއާ ގުޅިގެން އިސްރާއީލާއި އެމެރިކާ ކުށްވެރިކޮށް، ވޮޝިންގްޓަނަކީ މިކަމުގައި ބައިވެރިވެފައިވާ ފަރާތެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ގަތަރުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރެއެވެ. އަދި ގަތަރަކީ އެމެރިކާއާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!