ރަޝިއާއިން ''މުސްކުޅިވުން ލަސްކޮށްދޭ ވެކްސިނެއް'' އުފައްދަނީ
އިންސާނާގެ ހަށިގަނޑުގެ ސެލްތައް މުސްކުޅިވުން ލަސްކޮށްދޭ ޖީން ތެރަޕީ ބޭހެއް ނުވަތަ “މުސްކުޅިވުމާ ދެކޮޅު ވެކްސިނެއް” ރަޝިއާއިން އުފައްދަމުންދާކަން އެ ގައުމުގެ ސައިންސް އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. މި ވެކްސިނަކީ ހަށިގަނޑު މުސްކުޅިވުމާ ގުޅުންހުރި ރިސެޕްޓަރެއް ބްލޮކްކޮށްގެން މަސައްކަތްކުރާ އެއްޗެކެވެ. ރަޝިއާގެ ޑެޕިއުޓީ ސައިންސް މިނިސްޓަރު ޑެނިސް ސެކިރިންސްކީ ވިދާޅުވި ގޮތުގައި، މި ތަޖުރިބާގެ މަރުހަލާގައިވާ ފަރުވާ އަމާޒުކުރަނީ ‘RAGE’ ރިސެޕްޓަރަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ރ...