ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން (ޑަބްލިޔުއެޗްސީއޭ) ގެ ފަރާތުން ބޭއްވި ރޭގަނޑުގެ ފަރިއްކޮޅަށް ހަމަލާދިން މީހާގެ މެނިފެސްޓޯގައި ރައީސް ޑޮނަލްޑް ޓްރަމްޕަކީ ''ރޭޕިސްޓެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހެއް، އަދި ޚާއިނެއް'' ކަމަށް ބުނެފައިވާތީ އޭނާ އަކީ މައުސޫމް މީހެއްކަމަށް ބުނެ ޓްރަމްޕް އެވާހަކަތައް ދޮގުކޮށްފިއެވެ.

ސީ.ބީ.އެސް ނިއުސްގެ '60 މިނިޓްސް' ޕްރޮގްރާމުގައި ނޯރާ އޯޑޮނަލްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އެ މެނިފެސްޓޯގައި އޭނާއާ މެދު ބޭނުންކޮށްފައިވާ ލަފުޒުތައް ދޮގުކޮށްފައެވެ.

Ad
rt

ހަމަލާދިން މީހާގެ މެނިފެސްޓޯގައި ޓްރަމްޕަކީ "ޕެޑޮފައިލް، ރޭޕިސްޓް، އަދި ޚާއިނު" އެއްގެ ގޮތުގައި ސިފަކޮށްފައިވާތީ، އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޓްރަމްޕް ބުނީ އޭނާ އަކީ އެފަދަ މީހެއް ނޫންކަމަށެވެ.

"އަހަންނަކީ ރޭޕިސްޓެއް ނޫން. އަހަރު އެއްވެސް މީހަކު ރޭޕެއް ނުކުރަން. އަހަންނަކީ ޕެޑޮފައިލެއް ނޫން. އަހްނަނަކީ ގައުމަށް ގައްދާރުވި ޚާއިނެއް ވެސް ނޫން، އަހަންނާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކަކާ އަހަރެން ގުޅުވީ. އަހަރެން ވަނީ އެކަމުން މުޅިން ބަރީއަވެފައި،" ޓްރަމްޕް ބުނެފަވެއެވެ.

ޓްރަމްޕް ބައިވެރިވި ރޭގަނޑުގެ ކެއުމެއް ކުރިއަށް ދަނިކޮށް ބަޑީގެ ހަމަލާތަކެއް

މި މައުޟޫއުގައި ވާހަކަދައްކަމުން ޓްރަމްޕް ވަނީ އިދިކޮޅު ޑިމޮކްރެޓުންނަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ. އަދި ޖެފްރީ އެޕްސްޓީންގެ މައްސަލައަށް އިޝާރާތް ކުރަމުން އޭނާ ބުނީ އެފަދަ ކަންކަމުގައި ބައިވެރިވި މީހުންނަކީ "އަނެއް ފަރާތުގައި ތިބި ތިޔަބޭފުޅުންގެ ރަހުމަތްތެރިން" ކަމަށެވެ. އަދި ގައުމީ ޓީވީގައި ހަމަލާދިން މީހާގެ މެނިފެސްޓޯގައިވާ "ކުނި" ވާހަކަތައް ކިޔައިދިނުމުން ތުރުކީގެ އޯޑޮނަލް ނޫސް އެޖެންސީ އާއި ސީ.ބީ.އެސް އަކީ ލަދުވެތި ބައެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

އެޕްސްޓީން ފައިލްތަކުން ފެންމަތިވި ޓްރަމްޕާ ގުޅޭ ބިރުވެރި ތުހުމަތުތައް

މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ކޯލް އެލަން މިހާރު ހުރީ ފެޑަރަލް ބަންދުގައެވެ. އޭނާގެ މައްޗަށް ފެޑަރަލް އޮފިސަރަކަށް ހަމަލާދިނުމާއި އަނިޔާވެރި ކުށެއް ކުރިއިރު ހަތިޔާރު ގެންގުޅުމުގެ ދައުވާ ވަނީ އުފުލާފައެވެ. އެފް.ބީ.އައި އިން މިހާރު ދަނީ މި ބަޑީގެ ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދީފައިވާ ހަމަލާއެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއަށްފަހު، ރައީސް ޓްރަމްޕް ވަނީ ސަލާމަތީ ކަންކަމަށް ރިއާޔަތްކޮށް، ވައިޓް ހައުސްގައި "ބޮޑު، ރައްކާތެރި، އަދި އަމާން" ބޯލްރޫމެއް ބިނާކުރުމަށް ކުރިން ބޭނުންވި ބޭނުންވުން އައުކޮށްފައެވެ.. ޓްރަމްޕް ދެކޭ ގޮތުގައި މީޑިއާއިން ހަމަލާދިން މީހާގެ ވާހަކަތައް ފެތުރުމަކީ އެފަދަ "ބަލިމަޑުކަން ޖެހިފައިވާ" މީހުންނަށް އިތުރު ފުރުސަތެއް ދިނުން ފަދަ ކަމެކެވެ.

އެޕްސްޓީން ފައިލުން ޓްރަމްޕާގުޅޭ އާ ވާހަކައެއް، ޓްރަމްޕަށް މެލަނިއާ ތައާރަފްކޮށްދިނީ ޖެފްރީ އެޕްސްޓީން

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މި އަހަރުގެ ޖެނުއަރީ މަހު އެޕްސްޓައިން ފައިލްތަކުން އާންމު ކުރި 3 މިލިއަނަށް ވުރެ ގިނަ ޞަފްޙާއާއި 180،000 ތަސްވީރާއި 2،000 ވީޑިއޯ އިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މެދު ވަރަށް ބޮޑެތި އަދި ބިރުވެރި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. މި ފައިލްތަކުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ތުހުމަތަކީ ޓްރަމްޕްގެ މާ-އަ-ލާގޯ ރިސޯޓުގައި ބޭއްވި ކަމަށް ބުނާ "ކަލަންޑަރު ގާލް" ޕާޓީތަކެވެ. މި ޕާޓީތަކަށް އެޕްސްޓީން މެދުވެރިކޮށް ގިނަ އަދަދެއްގެ އަންހެން ކުދިން ގެންދިޔަ ކަމަށް ރިޕޯޓުތަކުގައިވެއެވެ. ބައެއް ހެކިވެރިން ބުނާ ގޮތުގައި، މި ހަފްލާތަކުގައި އަންހެން ކުދިން ނީލަން ކިޔުމާއި، މުއްސަނދިންގެ މެދުގައި އެކުދިން ބަދަލުކުރުން ފަދަ ލާއިންސާނީ އަމަލުތައް ހިނގާފައިވެއެވެ. މިއީ ސީދާ އިންސާނީ ވަގުފާރީގެ ސިފަތައް އެކުލެވޭ ކަންކަމެވެ. އާންމުވި ލިޔެކިޔުންތަކުގައި ހިމެނޭ އެންމެ ނާމާން އެއް ވާހަކައަކީ އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖަކަށް ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެވެ. އެފް.ބީ.އައި އަށް ލިބިފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، އެ ކުއްޖާއަށް ޖިންސީ އަމަލުތައް ހިންގުމަށް މަޖުބޫރުކޮށް، އެކަމަށް އިންކާރު ކުރުމުން އަނިޔާކޮށްފައިވެއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ހަށިގަނޑުގައި އަތްލައި، އެކުދިންގެ "ބާރުމިން" ޗެކްކުރުން ފަދަ ނަޖިސް އަމަލުތައް މުއްސަނދިންގެ މެދުގައި ހިނގާފައިވާ ކަމަށް މި ފައިލްތަކުން ހާމަވެއެވެ.