އޯޑިއޯވިޒައަލް ޓެކްނޮލޮޖީގެ ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުން ދުނިޔޭގެ އެންމެ އުސް ޕްރޮޖެކްޝަން ސްކްރީން ޖަރުމަނުގެ އޮބާހައުސަންގައި ހުންނަ ގެސޯމީޓަރު މިއުޒިއަމްގައި ދައްކާލައިފި އެވެ.
131 ފޫޓް (40 މީޓަރު) އުސްމިނުގެ މި ބޮޑު އެލް ސައިޒުގެ ސްކްރީނުގެ ސަރަޙައްދު ފުރިހަމައަށް އަލިކުރުމަށް ޓަކައި ހަތް އަލްޓްރާ ބްރައިޓް ލޭޒާ ޕްރޮޖެކްޓަރ ބޭނުންވެއެވެ.
އޭވީ ސްޓަމްޕްފްލް އިން ފަރުމާކޮށްފައިވާ މި ސްކްރީންގައި ކަސްޓަމް ފްލެކްސް ކޮންޓްރާސްޓް ޕީއާރުއޯ ސާފޭސް އެއް ހިމެނޭއިރު، 131 ފޫޓު x 66 ފޫޓް( 40 މީޓަރު x 20 މީޓަރު)ހުރެ އެވެ. މިއީ ދުނިޔޭގެ ކަނޑުތަކުގެ ރީތިކަމާއި މުހިންމުކަން ދައްކުވައިދިނުމުގެ މަގްސަދުގައި މިހާރު ކުރިއަށްދާ "ޕްލެނެޓް އޮޒިއަން" (ޕްލެނެޓް އޯޝަން) މައުރަޒުގެ ސެންޓަޕީސްގެ ގޮތުގައި ދައްކާލައިފައިވާ އުފެއްދުމެކެވެ.
މި ސްކްރީން ބަހައްޓާފައި ވަނީ އެގްޒިބިޝަން ސްޕޭސަކަށް ބަދަލުކޮށްފައިވާ ރީޕާޕަސްޑް ގޭސް ހޯލްޑަރެއް ކަމަށްވާ ގަސޯމީޓަރުގަ އެވެ. "އިންޑަސްޓްރިއަލް ކަލްޗާގެ ކެތެޑްރަލް" ގެ ނަމުން ނަން ދީފައިވާ މި 100 މީޓަރު އުސް އޮނިގަނޑަކީ މިފަދަ އުންމީދީ ޑިސްޕްލޭއަކަށް އެންމެ ފުރިހަމަ ބެކްޑްރޮޕް ފޯރުކޮށްދޭ އޮނިގަނޑެކެވެ.
މި އާދަޔާޚިލާފު ސްކްރީން އުފެއދި "އޭވީ ސްޓަމްޕްފްލް" އަކީ ޕްރޮފެޝަނަލް އަދި ބިޒްނަސް އެޕްލިކޭޝަންތަކަށް ބޭނުންވާ ހައި ޕާފޯމަންސް މޮބައިލް އަދި އިންސްޓޯލްމަންޓް ޕްރޮޖެކްޝަން ސްކްރީންތަކާއި މީޑިއާ ސާވާ ސޮފްޓްވެއާތައް ޑިޒައިންކޮށް، އުފައްދައި މާކެޓް ކުރާ އޮސްޓްރިއާގެ ކުންފުންޏެކެވެ.
މި ރެކޯޑް ބްރޭކިން ސްކްރީން ހިމެނޭ ޕްލެނެޓް އޯޝަން އެގްޒިބިޝަން މި ފެށުނު އޯގަސްޓް މަހުގެ ނިޔަލަށް ޖަރުމަނުގައި ކުރިއަށް ދާއިރު، އިންޑަސްޓްރިއަލް ހެރިޓޭޖާއި ޒަމާނީ އޯޑިއޯވިޒައަލް ޓެކްނޮލޮޖީގެ މި އާދަޔާ ހިލާފު މިކްސް ތަޖުރިބާކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!