އެމެރިކާއިން ޑިޕޯޓްކޮށްފައިވާ ވެނެޒުއެލާގެ ގޭންގު މެންބަރުންކަމަށް ބެލެވޭ 200 އަށްވުރެ ގިނަ މީހުން އެލްސަލްވަޑޯރަށް ފޮނުވާލައި، އެ ޤައުމުގެ ސެކިއުރިޓީ ވަރުގަދަ ޖަލަކަށް ގެންދެވިފައިވާ ކަމަށް އެލްސަލްވަޑޯރުގެ ރައީސް ނަޖީބު ބުކެލެ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުކުރު ދުވަހު 1798 ވަނަ އަހަރުގެ "އޭލިއަން އެނެމީސް އެކްޓް" އަށް ހަވާލާދެއްވައި، "ޓްރެން ޑެ އަރަގުއާ" ކިޔާ ގޭންގެއްގެ މެންބަރުންކަމަށް ބެލެވޭ މީހުން އަވަހަށް ޑިޕޯޓްކުރުމަށް ނިންމަވާފައެވެ. މި ޖަމާޢަތަކީ މީހުން ވަގަށްނެގުމާއި، ބިރުދެއްކުމާއި، ގޭންގު ކުށްތަކާއި އަދި އެހެން މީހުން މެރުމަށް އަގުދީގެން މަރާލުމުގެ ކުށްތަކާ ގުޅުންހުރި ޖަމާޢަތެއް ކަމަށް ބެލެވެއެވެ.

Ad
rt

ނަމަވެސް، އޭގެ އެއް ދުވަސް ފަހުން ވޮޝިންގްޓަން ޑީ.ސީ.ގެ ފެޑެރަލް ފަނޑިޔާރެއް ވަނީ މި ޤާނޫނު ތަންފީޒުކުރުން 14 ދުވަހަށް ހުއްޓުވާލާފައެވެ. މި ޤާނޫނުގައި ބަޔާންކޮށްފައިވަނީ މިފަދަ ކަންކަމަކީ އެހެން ޤައުމަކާދެކޮޅަށް ފާޅުގައި ހަނގުރާމަ އިއުލާން ކުރުމާ އެއްފަދަ ޢަމަލުތަކެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެލްސަލްވަޑޯރުގެ ރައީސް ނަޖީބު ބުކެލެ ވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ވެނެޒުއެލާގެ ގޭންގު މެންބަރުންކަމަށް ބެލެވޭ 238 މީހުން އެ ޤައުމަށް ގެނެވި، އެ މީހުން ވަނީ "ޓެރަރިޒަމް ކޮންފައިންމަންޓް ސެންޓަރ" އަށް ބަދަލުކުރެވިފައި ކަމަށް ވިދާޅުވެފައެވެ. މިއީ 40،000 މީހުން ބަންދުކުރެވޭ ވަރުގެ ބޮޑު ޖަލެކެވެ. މި މީހުން އެތަނުގައި އެއް އަހަރު ދުވަހަށް ބޭތިއްބުމަށްފަހު އެ މުއްދަތު އިތުރުކުރެވިދާނެ ކަމަށްވެސް ބުކެލެ ވިދާޅުވިއެވެ.

އެމެރިކާގެ ފަނޑިޔާރުގެ އަމުރާ ގުޅިގެން ބުކެލެ ވަނީ "މާ ލަސްވެއްޖެ" ކަމަށް ވިދާޅުވެފައެވެ. އަދި އ. އަދި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، 250 އަށްވުރެ ގިނަ "ޓްރެން ޑެ އަރަގުއާ" މެންބަރުން އެލްސަލްވަޑޯރަށް ފޮނުވާލެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި މީހުން އެމެރިކާއިން ފުރައިގެން އެލްސަލްވަޑޯރަށް ދިޔަ ވަގުތު ސާފުކޮށް އެނގެން ނެތް ނަމަވެސް، ބުކެލެގެ ޕޯސްޓުން ދޭހަވަނީ އެމެރިކާގެ ފަނޑިޔާރުގެ އަމުރުގެ ކުރިން މި ކަން ހިނގާފައިވާކަމެވެ.