އިނގިރޭސިވިލާތުގެ ރަސްގެފާނު ކެނެޑާގެ އައު ބޮޑުވަޒީރާ ބައްދަލު ކުރައްވައިފިއެވެ.
ޗާލްސް ރަސްގެފާނު ކެނެޑާއަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ބޮޑުވަޒީރާ ބައްދަލު ކުރެއްވިއިރު، ބަކިންގހަމް ޕެލަސްގައި ކެނެޑާގެ އައު ބޮޑުވަޒީރު މާކް ކާނީއަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ.
ކެނެޑާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ނުރައްކާތަކެއް ކުރިމަތިވެފައިވާއިރު، ރަސްގެފާނު ރަތް ޓައިއެއް އަޅުއްވައިގެން ކެނެޑާއަށް ތާއީދު ދެއްވާކަން ސިންބަލިކްކޮށް ދައްކުވައިދެއްވާފައިވެއެވެ.
ރަސްގެފާނުގެ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތީ، 2024 ވަނަ އަހަރު ކެނެޑާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެހެންނަމަވެސް ކެނެޑާގެ އިންތިޚާބު ނިމުމުން، އެޤައުމަށް ދަތުރުފުޅެއް ކުރެއްވުމަކީ އިސްކަންދެއްވާ ކަމެއްކަމަށް ބެލެވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރަސްގެފާނު އަދި ބޮޑުވަޒީރު 30 މިނެޓްގެ ވާހަކަފުޅެއް ދައްކަވާފައިވާކަން ފާހަގަކޮށްފައިވެއެވެ.
ރަސްގެފާނަކީ އިނގިރޭސިިވިލާތާއި އަދި ކެނެޑާއަށް ދެ ޤައުމަށް ވެސް ވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅަކަށްވާތީ، ޓްރަމްޕް ކެނެޑާއަށް އިޤްތިޞާދީ ބިރުދެއްކުމާއެކު، ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަކަށް ހަދަންޖެހޭ ކަމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، ޔޫކޭއާއި އެމެރިކާގެ ގުޅުމަށް އުނިކަމެއް ނާންނާނެހެން ކެނެޑާއަށް އެއްބާރުލުން ދިނުމަކީ ރަސްގެފާނު ކުރައްވަންޖެހޭ ނާޒުކު ޑިޕްލޮމެޓިކް މަސައްކަތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!