Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ކުށްތަކާ ދުރު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި
Raajje

ކުށްތަކާ ދުރު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ “އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023” ރަސްމީގޮތުން ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކ. މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޤައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން...

ސްޓޯރީޓެލަރސްގެ ބައިވެރިން ރާއްޖޭގެ 8 ސަރަޙައްދަކަށް ދަތުރު ފަށައިފި
Business

ސްޓޯރީޓެލަރސްގެ ބައިވެރިން ރާއްޖޭގެ 8 ސަރަޙައްދަކަށް ދަތުރު ފަށައިފި

‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް ‘2023 ނިންމާލައި، ބައިވެރިން ރާއްޖޭގެ ތަފާތު 8 ސަރަޙައްދަކަށް ދަތުރު ފަށައިފިއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން މި ކޮންފަރެންސް ބާއްވާފައިވަނީ 23 މެއި ގައި ކްރޮސްރޯޑްސްގައެވެ. މި ކޮންފަރަންސް ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވެފައި ވެއެވެ. ރާއްޖޭގ...

ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓުވާފައެއް ނުވާނެ: ކައުންސިލު
Thiladhunmathi News

ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓުވާފައެއް ނުވާނެ: ކައުންސިލު

ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަސައްކަތާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެއީ ހަގީގަތް ނުބަލައި ފަތުރާ ވާހަކަތަކެއް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިހެން ބުނީ، އެ މަސައްކަތް ކައުންސިލުން ހުއްޓުވާފައިވާކަމަށާއި ކައުންސިލުގެ ނައިބު ރައީސް ބަދުނާމުކޮށް، ކަން ހިނގިގޮތް އާންމު ރައްޔިތުނަށްއޮޅޭގޮތަށް ވާހަކަތައް ފަތުރާކަމަށް ބަޔާންކޮށް، އެކަމަށް ރައްދު ދީ ނެރުނު ނޫސް ބަޔާނުގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ކައުންސިލުން ފާސްކޮށް 15 މާރޗު 2015 ގައި ގެޒެޓުކޮ...

އެންމެ މުހިންމީ ރައްޔިތުން، ސަރުކާރާ ފެޔަށް ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދިނުމުން: މޭޔަރު އާތިފް
Raajje

އެންމެ މުހިންމީ ރައްޔިތުން، ސަރުކާރާ ފެޔަށް ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދިނުމުން: މޭޔަރު އާތިފް

އެންމެ މުހިންމީ ރައްޔިތުން ކަމަށާއި، ސަރުކާރާ ފެޔަށް ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދިނުމުން ކަމަށާއި، ކިތަންމެ އުނދަގުލާއި ދަތީގައި މަސައްކަތް ކުރަން ޖެހުނު ކަމުގައި ވިޔަސް އެންމެ މުހިންމީ ރައްޔިތުން ކަމުގައި ކުޅުދުއްފުށި ސިޓީގެ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެ، “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމަށްފަހު، އޭނާގެ ފޭސްބުކް ގައި [...

ހުޅުމާލޭ ފޭސް 2 ގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިއްޖެ
Raajje

ހުޅުމާލޭ ފޭސް 2 ގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭ ފޭސް 2 ގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިއްޖެއެވެ. މިކަމާއި ގުޅިގެން ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ. މިކަމުގެ ސަބަބުނ...

އެމްއެމްސީގެ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ސްޕޮންސަރަކަށް މޯލްޑިވިއަން
Raajje

އެމްއެމްސީގެ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ސްޕޮންސަރަކަށް މޯލްޑިވިއަން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ސްޕޮންސަރަކަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (މޯލްޑިވިއަން) ހަމަޖައްސައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދާރުލް އީމާން ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އެމްއެމްސީގެ ފަރާތުން ސޮއި ކުރެއްވީ މި ދައރުގެ ރައީސް އަހްމަދު މުސްތަފާއެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު، ކޮމާޝަލް އިބްރާހިމް ހަމްދާން މުޙައްމަދުއެވެ. މި ރަސްމިއްޔާ...

މަކުނުދޫގައި ޕްރީސްކޫލެއް ހިންގަން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި
Thiladhunmathi News

މަކުނުދޫގައި ޕްރީސްކޫލެއް ހިންގަން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

ހދ. މަކުނުދޫގައި ޕްރީސްކޫލް ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި އެރަށު ކައުންސިލުން ޢާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އެރަށުގައި ޕްރީސްކޫލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން 11 ވާ އާދިއްތަ ދުވަހުގެ މެންދުރު 11 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ. މި ޕްރޮޕޯސަލް ހުށަހަޅާނީ އެ ކައުންސިލްގެ މެއިލް procurement@makunudhoo.gov.mv އަށް ކަމަށް ވެސް ބުނެފައި ވެއެވެ. މިކަމަށް ކުރިމަތިލާން އެދޭ ފަރ...

ވެމްކޯގެ ޗެއާމަން އާއި އާސަންދަ ބޯޑުގެ މެންބަރަކު ވަކި ކުރަން ފޮނުވައިފި
Business

ވެމްކޯގެ ޗެއާމަން އާއި އާސަންދަ ބޯޑުގެ މެންބަރަކު ވަކި ކުރަން ފޮނުވައިފި

ވެމްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެންބަރުގެ މަގާމުގައި ހުންނެވި އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕްރައިވައިޓޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އޮފީހުން ފޮނުވައިފިއެވެ. މި ދެބޭފުޅުން މަގާމުން ވަކި ކުރުމަށް ފޮނުވާފައި މިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސްލޮޓްތަކުގައި ސިޔާސީ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުން، އެ ޕާޓީ ވަކިވަމުން އަންނަދުވަސްވަރެއްގައެވެ. އެގޮތުން އެމްޑިޕީ...

ރެނިޓިޑިން އިންޖެކްޝަން ބެޗެއްގައި މައްސަލަ އެބައުޅޭތީ ސަމާލުވާން އެދިއްޖެ
Raajje

ރެނިޓިޑިން އިންޖެކްޝަން ބެޗެއްގައި މައްސަލަ އެބައުޅޭތީ ސަމާލުވާން އެދިއްޖެ

ގޭސްޓްރިކަށް ޖަހާ އިންޖެކްޝަން ބެޗެއްގައި މައްސަލަ އެބައުޅޭތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ. އެ އިދާރާ އިން ބުނީ އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އެހެންވެ، އެވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ވެސް ބުނެއެވެ. އެމްއެފްޑީއޭ އިން ބުނީ އެ ބޭހުގެ RP21311 ބެޗު، އެއްވެސް ފާމަސީއަކުން ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި […]

މިސަރުކާރު ނިމުކަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަށް: ސުމިތް
Thiladhunmathi News

މިސަރުކާރު ނިމުކަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަށް: ސުމިތް

މިސަރުކާރު ނިމުކަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އަލީ ހާޝިމް (ސްމިތް) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ ދަ ޑިމޮކްރެސް އަށް ސޮއިކުރުމުން، އޭނާ އަދާ ކުރައްވަމުން ގެންދެވި މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. ސްމިތް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ އިސްލާހީ މަސަކަތުގައި އަބަދު ވެސް އުޅެނީ ހުސްއަތާ ކަމަ...

ހދ. އަތޮޅު ކައުންސިލުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލިއްޖެ
Thiladhunmathi News

ހދ. އަތޮޅު ކައުންސިލުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލިއްޖެ

ހދ. އަތޮޅު ކައުންސިލުގެ މެޖޯރިޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގެއްލިއްޖެއެވެ. އެ ޕާޓީއަށް މެޖޯރިޓީ ގެއްލުނީ އެ އަތޮޅު ކައުންސިލުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި 3 މެމްބަރުން އަލައް އުފްދާ “ދަ ޑިމޮކްރެޓްސް” އަށް ސޮއި ކުރެއްވުމާއި ގުޅިގެންނެވެ. އެ ޕާޓީއަށް ސޮއި ކުރެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އަދި ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު އެވެ. […]

ކުޅުދުއްފުށި ސިޓީގައި ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހެއް ހިންގައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގައި ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހެއް ހިންގައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ބާސްކެޓްބޯލް ޖޫނިއަރ ރެފްރީ ކޯހެއް ހިންގައިފިއެވެ. މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން އެ ސިޓީގެ ޑެޕިއުޓީ މޭޔާ އަލީ އަހަމްދު ވިދާޅުވީ މި ކޯސް ކުރިއަށް ގެންދިޔައީ މި މޭ މަހުގެ 23 ން 30 އަށް ކަމަށެވެ. އަދި މިއީ އެ ކައުންސިލާއި ބާސްކެޓްބޯލް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ޕްރޮގްރާމަށް ބައިވެރިން ހޮވާފައިވަނީ މި މޭމަހުގެ ކުރީކޮޅު ކުރިއަށްގެންދިޔަ “ބޯލް އިން ސްކޫލް” […]

ވައިކަރަދޫ ރައީސް އާއި ކުމުންދޫ ރައީސް "ދަ ޑިމޮކްރެޓްސް" އަށް!
Thiladhunmathi News

ވައިކަރަދޫ ރައީސް އާއި ކުމުންދޫ ރައީސް "ދަ ޑިމޮކްރެޓްސް" އަށް!

ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި ހދ. ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. މި ދެ ބޭފޫޅުން “ދަ ޑިމޮކްރެޓްސް” އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ. ހދ. އަތޮޅު ކައުންސިލުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނި ވޭތުވެދިޔަ 13 އަހަރު […]

މައުސޫމް އެމްޑީޕީ ދޫކުރެއްވި ސަބަބުތަކުގެ ތެރޭގައި، މިސަރުކާރުން ތިލަދުންމައްޗަށްވީ ވަޢުދުތައް ނުފުއްދުން!
Thiladhunmathi News

މައުސޫމް އެމްޑީޕީ ދޫކުރެއްވި ސަބަބުތަކުގެ ތެރޭގައި، މިސަރުކާރުން ތިލަދުންމައްޗަށްވީ ވަޢުދުތައް ނުފުއްދުން!

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަންގެ މަގާމުންނާއި އެކުންފުނީގެ ބޯޑު މެންބަރުކަމުން އަހުމަދު މައުސޫމް އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައިފިއެވެ. އޭނާ، މިކަން ހާމަކުރެއްވީ އިސްތިއުފާދެއްވި ސަބަބަކީ ކޮބައިތޯ ސުވާލުކުރެއްވުމުން އެކަމަށް ޖަވާބުދެއްވަމުންނެވެ. މައުސޫމް ވިދާޅުވީ އިސްތިއުފާދިން ފުރަތަމަ ސަބަބަކީ އެމްޑީޕީ އުފެއްދި އަސްލު އުސޫލުތައް ގަބޫލް ކުރާ އެއުސޫލްތައް ގާއިމް ކޮށް ދަމަހައްޓަން ތިބި އިތުބާރު ކުރެވޭ ފަރާތްތަކެއް އިސްނަގައިގެން އެވެލިއު ތައް އ...

ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަކީ ހަމައެކަނި އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދޭނެ ދާއިރާއެއް ނޫން: ޝައުނާ
Raajje

ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަކީ ހަމައެކަނި އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދޭނެ ދާއިރާއެއް ނޫން: ޝައުނާ

ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަކީ ހަމައެކަނި އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދޭނެ ދާއިރާއެއް ނޫން ކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ފައިނޭންސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން  ޝައުނާ ވިދާޅުވީ އެއީ ފައިނޭންސް ޑިވެލޮޕްމަންޓާއި އައު އިޖާދުތައް ތައާރަފްކުރުމަށް އެހީތެރިވެދޭނެ ދާއިރާއެއް ކަމަށެވެ. އެހެންކަމުން ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަށް އިންވެސްޓްކުރާ މިންވަރު އިތުރުކޮށް، އެ ދާއިރާ ކުރިއެރުވު...