ގޭސްޓްރިކަށް ޖަހާ އިންޖެކްޝަން ބެޗެއްގައި މައްސަލަ އެބައުޅޭތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.
އެ އިދާރާ އިން ބުނީ އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ.
އެހެންވެ، އެވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް ވެސް ބުނެއެވެ.
އެމްއެފްޑީއޭ އިން ބުނީ އެ ބޭހުގެ RP21311 ބެޗު، އެއްވެސް ފާމަސީއަކުން ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި އަންގައިދިނުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ހާއްސަ ސަމާލުކަން ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ރާއްޖޭގައި ވެސް އާންމުކޮށް ބޭނުން ކުރާ މި އިންޖެކްޝަނަކީ ބަނޑުން އިތުރު އެސިޑް އުފައްދާ މިންވަރު މަދުކޮށްދޭ ބޭހެކެވެ. މިއީ ބަނޑުގައި ރިއްސައިގެން ގޭސްޓްރިކް ވެއްޖެ ހާލަތްތަކުގައި ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ ގަޔަށް ޖަހާ އިންޖެކްޝަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!