Skip to main content

މުޙައްމަދު

Viewer
🇲🇻 ތިލަދުން Desk
820 Stories
49 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު

ދަރަންޏާ ބެހޭ ބިލްގެ ބަހުސްކުރަން އާދިއްތަ ދުވަހު ޖަލްސާއެއް ބާއްވަނީ
News

ދަރަންޏާ ބެހޭ ބިލްގެ ބަހުސްކުރަން އާދިއްތަ ދުވަހު ޖަލްސާއެއް ބާއްވަނީ

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ދަރަންޏާ ބެހޭ ބިލް އަވަސް ކުރަން އަންނަ އާދިއްތަ ދުވަހު މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ. ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލިހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ. ދަރަންޏާ ބެހޭ ބިލަކީ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުތަކުގެ ތެރޭގައި ހިމެނޭ ބިލެކެވެ. އެޖެންޑާގައި އޮތީ ބިލާ މެދުގައި ބަހުސް ކުރުމެވެ. އެޖެންޑާގައި ދެން ހިމެނޭ ކަންކަމުގެ ތެރޭގައި ތުރުކީއަށް […]

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މާދަމާ ފަށަނީ
Raajje

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މާދަމާ ފަށަނީ

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެެއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ގުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާނެ ކަމަށެވެ. އެއީ ސިޓީތަކުގެ 52 ސްކޫލަކުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގަ...

ސްޓޭޓް މިނިސްޓަރު ޝަމްނާޒް ވަކިކޮށްފި
Raajje

ސްޓޭޓް މިނިސްޓަރު ޝަމްނާޒް ވަކިކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު އާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެ މަގާމުން ވަކިކޮށްފިއެވެ. އެނގިފައިވާ ގޮތުގައި ޝަމްނާޒް އެ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. […]

1 މިލިއަން ފަތުރުވެރިޔާ އަށް ވީ ތައިލެންޑް އަންހެނެއް
Business

1 މިލިއަން ފަތުރުވެރިޔާ އަށް ވީ ތައިލެންޑް އަންހެނެއް

މި އަހަރުގެ އެއް މިލިއަން ފަތުރުވެރިއަކަށް ތައިލެންޑްގެ އަންހެނަކު ހޮވިއްޖެއެވެ. މި ޝަރަފްވެރި މަގާމު ލިބުނީ ތައިލެންޑްގެ ސުޓާޕާ އަމޯންވިވަތު 37، އަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ ސުޓާޕާ ރާއްޖެ އައީ 2011 ވަނަ އަހަރު ހަނީމޫނަށެވެ. އޭގެ 13 އަހަރު ފަހުން އޭނާ މިއަދު ރާއްޖެ އައީ ފިރިމީހާ އާއި ދެ ކުދިން ގޮވައިގެންނެވެ. އޭނާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައެވެ. ސުޓާޕާއަށް […]

"ފަލަސްތީނު ހިނގުން" ކިޔަން ނިންމީ މާލޭގެ ގޯޅިއަކަށް
Raajje

"ފަލަސްތީނު ހިނގުން" ކިޔަން ނިންމީ މާލޭގެ ގޯޅިއަކަށް

މާލޭގެ ގޯޅިއަކަށް “ފަލަސްތީން ހިނގުން” ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. މާލޭގެ ގޯޅިއަކަށް “ފަލަސްތީން ހިނގުން” ކިޔަން ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އެއީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ކައުންސިލުން އޭރު މަޝްވަރާ ކުރީ މާލޭގައި ނަމެއް ނުދީ އޮތް ދެ ގޯޅީގެ ތެރެއިން އެއް ގޯޅިއަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔުމަށެވެ. ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ […]

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒް ހައްޔަރުކޮށްފި
Raajje

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒް ހައްޔަރުކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު އާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް […]

ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު މެނިންގޯކޮކަލް ބަލި ޖެހިގެން!
Raajje

ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު މެނިންގޯކޮކަލް ބަލި ޖެހިގެން!

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަން އެނގިއްޖެއެވެ. މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު، އެޗްޕީއޭގެ އޮފިޝަލަކު ޔަގީންކޮށް ދެއްވި ގޮތުގައި އެ ބަލި ޖެހިފައި ހުރި މީހަކު މިހާރު ވަނީ ފެނިފައެވެ. އަދި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް […]

ބަކާ ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް: ރައީސް
Raajje

ބަކާ ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް: ރައީސް

ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހިންނަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ބަކާ ވަނީ މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ބަކާ ގެ ހާލު ސީރިއަސްވެ އޭޑީކޭގައި ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި […]

ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅަށް ހަރަދު ކުރީ 1.4 މިލިއަން ރުފިޔާ
Raajje

ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅަށް ހަރަދު ކުރީ 1.4 މިލިއަން ރުފިޔާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ޖޫން 8 އިން 11 އަށް ކުރެއްވި ދަތުރުފުޅުގައި ރައީސްގެ ވަފްދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި ޖުމްލަ 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާ އަށް […]

ދައުރުވަނީ ފަލާހްގެ ވީޑިއޯއެއް ނޫން، މިއީ އަބުރަށް އަރައިގަތުން: ޕީޕީއެމް/ޕީއެންސީ
Raajje

ދައުރުވަނީ ފަލާހްގެ ވީޑިއޯއެއް ނޫން، މިއީ އަބުރަށް އަރައިގަތުން: ޕީޕީއެމް/ޕީއެންސީ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަރަހަނާ ފޮޓޯ އަދި ވީޑިއޯއެއްގައި ފެންނަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ނޫން ކަމަށާއި އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަނީ އަބުރަށް އަރައިގަތުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ. ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ފަލާހްގެ އަބުރަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ސޯޝަމް މީޑިއާގައި ފަތުރަމުން ގެންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑި...

ޕީޖީ ޝަމީމް ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަނީ
Raajje

ޕީޖީ ޝަމީމް ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަނީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް، ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފިއެވެ. ޖުޑިޝަރީ ކޮމިޓީން އެގޮތަށް ނިންމީ ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށާއި އެ ނިޒާމާ ބެހޭގޮތުން މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ޝަމީމް ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ. ޝަމީމް، ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތ...

ހުޅުމާލޭގައި މިރޭ 3 މިނެޓަށް ހަވާ އަރުވަނީ
Raajje

ހުޅުމާލޭގައި މިރޭ 3 މިނެޓަށް ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ތިން މިނެޓެއް ހާއިރު ވަންދެން ހަވާ އަރުވާ ގޮތަށް ނިންމައިފިއެވެ. އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި އޮންނަ ފްރައިވެޓް އިވެންޓެއްގައި ކަމަށެވެ. ހަވާ އަރުވާނީ މިރޭ 22:30 ގައެވެ. ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއް ކަމަށް ވެސް އެމްއެންޑީފުން ބުންޏެވެ. ރާއްޖޭގައި ބާއްވާ އެކިއެކި އިވެންޓްތަކާއި ހަފްލާތަކުގައި ސިފްކޯއިން އަންނަނީ ވިޔަފާރި އުސޫލުން ހަވާ އަރުވާ ދެމުންނެވެ.

ގެއްލުނު 18 އަހަރުގެ ޒިހާން ފެނިއްޖެ، ހާލު ރަނގަޅު
Raajje

ގެއްލުނު 18 އަހަރުގެ ޒިހާން ފެނިއްޖެ، ހާލު ރަނގަޅު

މާލެ އިން ގެއްލުނު 18 އަހަރުގެ ޒުވާނާ މިއަދު ފެނިއްޖެއެވެ. ފުލުހުން ބުނީ ހ. ބްލޫސްކޫޕް (މިހާރު އުޅޭ އެޑްރެސް ހ. ބްލޫޑްރީމް) ހުސައިން ޒިހާން ފެނުނީ މާލެ އިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. އެ ޒުވާނާ ގެއްލިގެން ފުލުހުން އާންމުކޮށް އިއުލާން ކުރީ އާއިލާ އިން އެދިގެން މިއަދެވެ. އުމުރުން 18 އަހަރުގެ ޒިހާން ގެއްލިގެން ހޯދަނީ ފުލުހުން ވަނީ މި މަހުގެ […]

މިސްކިތެއްގައި ޓިކްޓޮކް ކުޅުނު އަންހެން މީހާ ނަށާ ގުރޫޕުން ސަސްޕެންޑްކޮށްފި
Raajje

މިސްކިތެއްގައި ޓިކްޓޮކް ކުޅުނު އަންހެން މީހާ ނަށާ ގުރޫޕުން ސަސްޕެންޑްކޮށްފި

ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއްގައި ދަންދާނަ” ގުރޫޕުގެ މެމްބަރަކު ސަސްޕެންޑްކޮށްފިއެވެ. ސަސްޕެންޑް ކުރީ ށ. މާއުނގޫދޫ އަށް ނިސްބަތްވާ އެ ގްރޫޕްގެ އަންހެން މެމްބަރެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓިކްޓޮކް ހަދައި މިސްކިތުގެ ތެރޭގައި ނެށީ މީދޫގައި އީދު ޝޯ ދިނުމަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނަކު ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ […]

މަސްވެރިންގެ ފައިސާކޮޅު ލަހެއް ނުވެ ދޭނެ، އެމްޑީޕީ އާއި ޕީއެންއެފަށް އެކަން ޔަގީންވާނެ: ޝުޖާއު
Raajje

މަސްވެރިންގެ ފައިސާކޮޅު ލަހެއް ނުވެ ދޭނެ، އެމްޑީޕީ އާއި ޕީއެންއެފަށް އެކަން ޔަގީންވާނެ: ޝުޖާއު

އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަނީ އެމީހުންނަށް ނުދެވި ހުރި ފައިސާ ދޭނެ ކަން ޕީއެންއެފް/އެމްޑީޕީ ކޯލިޝަނަށް ޔަގީންވާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއިން ނުދޭ ކަމަށް ބުނެ ހުކުރު ދުވަހުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫގައި 80 މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންސްތަކަށް […...