ފަރުމާ ފެއަރ ގެ ނަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ޔޫތު މިނިސްޓްރީން ކުރިއަށްގެންދަން ހަމަޖެހިފައިވާ ފެއަރ އަންނަ އަހަރަށް ފަސްކޮށްފިއެވެ.
މިމަހުގެ 30 ވަނަ ދުވަހަށް ބާއްވަން ހަމަޖެހިފައިވާ މިފެއަރ ފަސްކޮށްފައިވަނީ އަންނަ އަހަރުގެ މާޗްމަހު ބާއްވާ ގޮތަށެވެ. މިފެއަރ ފަސްކޮށްފައިވަނީ އެކަށީގެންވާ މިންވަރަށް ބައިވެރިން ލިބިފައިނުވާތީކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.
މި ފެއަރއަކީ ޒުވާނުންގެ ކިބައިގައި ހުރި ފަންނުވެރި ހުނަރާއި އެމީހުންގެ އުފެއްދުންތައް އާއްމުންނަށާއި ކުންފުނިތަކަށް ދައްކާލައި ފަންނުވެރިކަމުގެ ރޮނގުން ޒުވާނުންނަށް އާމްދަނީ ހޯދުމުގެ މަޤްސަދުގައި ބާއްވާ ފެއަރއަކަށްވާއިރު މި ފެއަރގެ ތެރެއިން ޒުވާނުންގެ އެކި އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވެސް ޔޫތު މިނިސްޓްރީން ދަނީ ބުނަމުންނެވެ.
އެކި އަހަރުމަތިން ޔޫތް މިނިސްޓްރީން މި ފެއަރ ކުރިއަށް ގެންގޮސްފައިވާއިރު މި ފެއަރ އެންމެ ފުރަތަމަ ބާއްވާފައިވަނީ 2015 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!