ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަތުން ޖެހި، ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް މިއަދު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ޝަރީފް މިހާރުވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރޭގައި ގާސިމް، ޝަރީފަށް ހަމަލާ ދެއްވި ކަމަށް ފުރަތަމަ ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އާޒިމް ވިދާޅުވީ ގާސިމް، ޝަރީފް ހަމަލާ ދެއްވުމުގެ ސަބަބުން ޝަރީފްގެ ބޮލަށް އެނބުރުން އަރާފައިވާ ކަމަށެވެ. އަދި އެކަން ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިފަދަ ކަންކަން ހިނގައިގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"
އާޒިމް ވިދާޅުވި އެވެ.
ގާސިމަށް ކުރާ ތުހުމަތާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި އޭނާ ވިދާޅުވީ ޝަރީފަށް ހަމަލާ ދެއްވާފައި ނުވާނެ ކަމަށެވެ. އެކަމަކު، އޭނާ "ސޭޓޭ ގޮވީމާ" އަތް ދިއްކޮށްލެއްވި ވަގުތު، އަތުން ޖެހުނީ ކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް އަތް ދިއްކޮށްލެއްވީ ސަމާސާކޮށްލުމުގެ ނިޔަތުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަތުން މަޑުމަޑުން ޖެހިލީ، އެހެންވެ އެ ވާހަކަ ވެސް ބުނެލީ، ރައްޔިތުންނަށް ހީވާނެ އަޅުގަނޑު މީހަކު ގައިގައި ތަޅައިގަތީއޭ، އެހެނެއް ނޫން، ސަމާސާއެއް ކުރި ކުރުމުގައި އަތް ޖެހުނު އޭނާގެ ބޮލުގައި، އެއީ ތެދު ވާހަކައެއް، ވަރަށް މަޑުމަޑުން ގޮސް ޖެހިލީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޝަރީފްގެ ބޮލަށް އެނބުރުން އެރި ނަމަވެސް އެއީ އޭނާގެ ފަރާތުން ވީ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިއީ "ފިލްމު ކުޅޭ ތަނެއް" ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ
ފިލްމް ކުޅޭ ކަމަށް ޤާސިމް ވިދާޅުވުމުން ހިތާމަ ކުރަން. ގަސްތުގަ ނޫން ނަމަވެސް ޤާސިމް ބާރަށް ޝަރީފް ގެ ކަނދުރާ މަތީ ޖެއްސެވިކަމަށް ކައިރީގަ ތިއްބެވި އެންޕީސް ވިދާޅުވި
އަދި އެއިނާގެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ އެމްޕީސް ތަކެއް ބިން ވިއްކާ ވާހަކަ ދަށްކަމުންދިޔަ ވަގުތެއްގައި “ސޭޓުން ބިން ގަންނާނެ” ކަމަށް ޝަރީފް ވިދާޅުވުމުން ޤާސިމް ޖެއްސެވީކަމަށާއި ޝަރީފް “ސޭޓުން” ކަމަށް ވިދާޅުވީ ޤާސިމް އަށް ނިސްބަތް ކޮށެއްވެސް ނޫންކަމަށެވެ. ޝަރީފް “ސޭޓުން” ކަމަށް އެވަގުތު ނިސްބަތް ކުރީ ވިޔަފާރި ވެރިންނަށްކަމަށާއި ޤާސިމް އެވަގުތު ޝަރީފްގެ ފަހަތުން ވަޑައިގަތީ ޝަރީފް އިއްނެވި ކޮމެޓީއަކުން ނޫންކަމަށެވެ. އަދި ޝަރީފް ގެ ގައިގައި ޤާސިމް ޖެއްސެވީ ޝަރީފް އަށް ނޭންގި، ނުވިސްނާ ހުރި ވަގުތަކުކަމަށް ބުނެފައިވެއެވެ. އަދި އެވަގުތުވެސް ޝަރީފް އެބުރުން އެރި. ޤަސިމް ޖެއްސެވުމާ ޝަރީފްގެ އެންބުރުން އެރުމާ ގުޅުމެއްވާކަމަށް ސިފާއު ތުހުމަތު ކޮށްފައިވެއެވެ.
#friendlyfire @qasimibrahim @kelaaibrey pic.twitter.com/5JawfWtHfq
— Anwer Ibrahim (@anweriburahim) October 22, 2019
ކެލާ ދާއިރާގެ އެމްޕީއަކީވެސް މާލޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!