މެންޓަލް ހެލްތު އެމްބެސެޑަރުން ތަމްރީނުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގުޅިގެން ކުރިޔަށްގެންދިޔަ ޕްރޮގްރާމްގެ ނިމުން ފާހަގަކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މެންޓަލް ހެލްތް އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ސެޓްފިކެޓް ޙާޞިލު ކުރެއްވި 18 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގައި އުގެނެމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!