ރ. ކިނޮޅަހުގެ ގަނޑުވަރު ބީޗް ސަރަހައްދު ރީތި ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެހީވެއްޖެއެވެ.
އެ ކުންފުނިން ވަނީ މި އެ ސަރަހައްދުގެ ބީޗް ލެވެލްކޮށް ބެކްފިލިން ކުރުމުގަައި އެހީތެރިވެފައެވެ. މިކަމުގައި އެމްޓީސީސީން ބޭނުން ކުރީ އެ ކުންފުނީގެ މެޝިންތަކެވެ.
މިއީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކިނޮޅަހުގެ ކައުންސިލްގެ އެދުމުގެ މަތިން ވެދިން އެހީއެކެވެ.
އެމްޓީސީސީން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ރަށްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
On request of R. Kinolhas council, we have completed the backfilling & leveling works of Ganduvaru beach area. We conducted this work under our corporate social responsibility initiative. #RayyithungeKunfuni #CSRInitiative pic.twitter.com/aP0spudu3k
— MTCC Plc (@MTCCPlc) January 2, 2022
އެގޮތުން މަގުތައް ލެވެލް ކުރުމާއި ތަންތަން ސާފު ކުރުމުގައި އެމްޓީސީސީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!