ހދ.ނޮޅިވަރަމުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކާގުޅޭ މަގުމަގާއި ގޯޅިތަކުގެ އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެދާރާއިން ކުރި އިޢުލާނާ ގުޅިގެން ކަނޑައެޅިފައިވާ ޢަދަދަށް މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، ކުރިން ކުރި އިޢުލާން ބާޠިލްކޮށް، އަލުން އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮކްޓޫބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެކަމަށް އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

Ad
rt

އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޒިރުގައި ކަމަށާއި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ވެސް އެއިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

އިޢުލާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 6520043 ނަންބަރާއި ގުޅުމަށް އިޢުލާނުގައި ބުނެފައިވެއެވެ.