ވެރިފަރާތަށް ނޭނގި މީހެއްގެ އެކައުންޓްއިން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެ ދެ މީހުން ހޯދަނީ އެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.
އެ ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެ ދެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވަނީ، މި 2 މީހުން ފެންނަ ވީޑިއޯ އެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަނީhttps://t.co/BGOIw4v8WG pic.twitter.com/cbnzU7RIZP
— Maldives Police (@PoliceMv) December 26, 2021
އެގޮތުން ފުލުހުން ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މި މައްސަލައާއި ގުޅިގެން ހޯދަމުންދާ މި 2 މީހުންނާއި ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މިފަދަ މައްސަލަތަކާއި ގުޅިގެން މީހުން ހޯދުމަށް ރައްޔިތުންގެ ފަަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަ ކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!