2020 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރ އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ނެރެފައިވާ 2020 ވަނަ އަހަރުގެ ކަލަންޑަރުގައި ވާގޮތުން އާއަހަރުގެ ކިޔެވުން ފެށިގެންދާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.
ސަރުކާރު ބަންދު ދުވަސް ތަކުގެ ގޮތުގައި ހަފްތާ ބަންދު ދުވަސްތައް ފިޔަވާ ޖުމްލަ 20 ދުވަހެއް ކަލަންޑަރުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ސުކޫލުތަކުގައި 201 ދުވަހު ކިޔަވައިދޭނެ ކަމަށާއި އާއަހަރުގެ ކިޔެވުން ނިމެނީ 12 ނޮވެމްބަރުގައިކަމަށް ކަލަންޑަރުގައި ވެއެވެ.

2020 ވަނަ އަހަރުގެ ކިޔެވުން ނިމި ބޮޑު ބަންދަށް ފަހު 2021 ވަނަ އަހަރުގެ ސުކޫލުތަކުގެ ކިޔެވުން ފެށޭނީ އެއަހަރުގެ ޖެނުއަރީ 10 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!