ނޮވެމްބަރ މަހުގެ 29 ގައި ބާއްވާ އުރީދޫ ކަލަ ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އުރީދޫ ކަލާ ރަންގެ ރަޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިއަހަރު ރަޖިސްޓްރޭޝަން ކުރިއަށްދަނީ އުރީދޫ މޫލީ މެދުވެރިކޮށް، މައި އުރީދޫ އެޕްގައެވެ. އެގޮތުން، ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވާކޮށްދޭނެކަމަށް އުރީދޫއިން ބުނެއެވެ.
އޫރިދޫ ކަލާ ރަންގައި ބައިވެރިން އަންނީއަހަރުން އަހަރަށް ބައިވެރިން އަންނަނީ އިތުރުވަމުންނެވެ. ރެކޯޑް އަދަދަކަށް ދުވުންތެރިން ބައިވެރިވާ މިހަރަކާތުގައި އެދުވަހުގެ ހެނދުނު ގުޑި މަހާސަމާއެއް، އަދި ރޭގަނޑު ގަޑީގައި މިއުޒިކް ޝޯ އެއްވެސް ބޭއްވިގެންދާނެކަމަށް އޫރިދޫއިން މަޢުލޫމާތުދެއެވެ.
އުރީދޫއިން ބުނީ ކަލާ ރަން އަށް ރަޖިސްޓަރ ކުރުމަށް http://ore.do/app މެދުވެރިކޮށް އުރީދޫ އެޕް ޑައުންލޯޑުކޮށް، ލޮގް އިން ކުރަށްވާ، ރާއްޖޭގެ ކޮންމެ ނެޓްވާކެއްގެ ނަމްބަރެއް ބޭނުންކޮށްގެންވެސް މި އެޕަށް ލޮގިން ކުރެވޭނެ ކަމަށެވެ. އަދި "ޝޮޕް ނައު" އަށް ފިއްތާ، ބޭނުންވެލައްވާ އުރީދޫ ކަލާ ރަން ކިޓް، އަދި ސައިޒް ޗާޓާއި އެއްގޮތުގެ މަތިން ޓީޝާޓް ސައިޒު ޙިޔާރުކުރެއްވުމަށް ފަހު، 'ބައި ނައު' އަށް ފިއްތާ، މޫލީގެ ކާޓް ހިޔާރުކުރެއްވުމަށް ފަހު، ޗެކް އައުޓް ކުރައްވާ، ކާމިޔާބުކަމާއި އެކު ރަޖިސްޓަރ ވުމާއިއެކު، އެސްއެމްއެސް މެދުވެރިކޮށް ރަޖިސްޓްރޭޝަންގެ މައުލޫމާތު ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުން
މި ކަލާރަންގެ އަމާޒުކަމުގައުއުރީދޫއިން ބުނެއެވެ.
ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލާރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ ކަލާރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓާޓެއިނިންގް ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ ވަނަތައް ހޮވިގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެެވެ.
ފާއިތުވެދިޔަ ޖޫން މަހު އައްޑޫގައި އުރީދޫ ކަލަރ ރަން އެއް ބޭއްވިފައިވާއިރު، މިއީ މިއަހަރު ބޭއްވޭ ދެވަނަ އުރީދޫ ކަލަރ ރަން އެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް، މި ދުވުމުގައި ބައިވެރިވުމަށް، އުރީދޫ އިން ދައުވަތު އަރުވަމެވެ.
އުރީދޫ ކަލަރ ރަން އަދި ރަޖިސްޓްރޭޝަން އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖުތަކަށް ޒިޔާރަތްކުރައްވާށެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!