މަސްދޯންޏެއް މަލިކު ކައިރިން އިންޑިޔާގެ ކޯސްޓްގާޑުން ހިފަހައްޓައިފިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެ ދޯނީގެ ނަމެއް އަދި އޭގައި ތިބި މީހުންގެ އަދަދެއް އަކި ކަށަވަރުވާގޮތެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ރަސްމީ ބަހެއް ލިބިފައިނުވާއިރު ސޯޝަލް މީޑިއާގައި އަދި ބަޔެއް ނޫސްތަކުން ރިޕޯޓްކިށްފައިވާގޮތުން ހިފެހެއްޓީ "އަންބަރީ" ނަމަކަށް ކިޔާ ދޯންޏެކެވެ.

Ad
d

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި އިއްޔެގެ ވަގުތެއްގައި ލަންކާގެ 18 މަސްދޯންޏެއްވެސް ވަނީ އިންޑިޔާ ސިފައިން އަތުލައިގަނެފައިވާއިރު އެހެނަ ގައުމުތަކަށް ނިސްބަތްވާ އިތުރު 8 ދޯންޏެެއް ހިމެނޭކަމަށް އިންޑިޔާގެ ކޯސްޓްގާޑާއި ހަވާލާދީ ބުނެފައި ވެއެވެ.

މި މައްސަލަ މިހާރު އިންޑިއާގެ މެރިން ޕޮލިހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ދޯނި އަތުލައިގަނެފައިވަނީ މަލިކާއި 3 މޭލު ބޭރުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ވެސް އިންޑިއާ ކަނޑުގެ ސަރަހައްދުން ދިވެހި މަސްދޯންޏެއް ވަނީ އަތުލައިގަނެފައެވެ.

އިންޑިއާގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކަނޑުގެ ސިފައިން އެފަހަރު ހިފެހެއްޓީ "ވީވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯންޏާއި އޭގައި ތިބި މީހުން ދޫކޮށްލީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ މެދުވެރިވެގެން ކުރި މަސައްކަތްތަަކަކުންނެވެ.

ރާއްޖޭގެ މަސްވެރިން އަވައްޓެރި ގައުމުތަކުގެ ކަނޑުގެ ސަރަހައްދަށް ނުވަދުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކޮއްފައިވެއެވެ.

މިއީ މިގޮތަށް އިންޑިއާ ކަނޑުގެ ސަރަހައްދުން އިންޑިއާ ސިފައިން ހިފެހެއްޓި ދެވަނަ މަސްދޯނިއެވެ.

Ad
df