ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޓަކާއި ފުރިހަމަކުރަން ޖެހޭ ވެކްސިން ދިނުމުގެ މަސައްކަތުގައި ދުނިޔޭގެ ނިސްބަތުން ރާއްޖެ ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފަ ކަމަށް ދިވެހި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މަބްރޫކް މިފަދައިން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ސަރުކާރުގެ މިހާރުގެ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިބައްދަލުވުމުގައި މަބްރޫކްވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރަމުން ގެންދާ މަސައްކަތްކަމުގައިވާ، ކޯވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ.
އެގޮތުން، 18 އަހަރުން މަތީގެ އާބާދީގެ 84% އަދި 12 އަހަރުން މަތީގެ އާބާދީގެ 81% ވަނީ ވެކްސިން ޖަހާފައިކަމުގައި މަބްރޫކް ވިދާޅުވިއެވެ.
މީގެއިތުރުން، މަބްރޫކްގެ ވާހަކައިގާ ވަނީ މިހާރު ރާއްޖޭގެ ޓޫރިޒަމްގެ ހާލަތަށް އަލިއަޅުވާލަމުން މަބްރޫކް ވިދާޅުވީ މިދިޔަ ޖުލައި މަހު މުޅި ޖުމްލަ ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންގެ އަދަދު މި އޮގަސްޓް މަހު މިހާރު ފަހަނައަޅައި ގޮސް މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ އަދަދާއި ގާތްކުރާ އަދަދަށް ޓޫރިސްޓުން އަންނަމުން ދާކަމަށެވެ.
އަދި މިކަމާއި ގުޅިގެން ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ޕޮލިހުންނާއި، މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުން ގެންދާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
" ނޫސްވެރިންވެސް ރައްޔިތުން ވެކްސިން ޖެހުމަށް ބާރުއެޅުމަށް ތިބޭފުޅުންނަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށް އެދެން "
މި ބައްދަލުވުމުގައި އިތުރަށް މަބްރޫކް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ މި ބައްދަލުވުން ނިންމަވާލައްވަމުން މަބްރޫކްވަނީ ސަރުކާރުން ކުރަމުންގެންސާ އެކި އެކި މަސައްކަތްތަކާއި ގުޅެގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!