ދިވެހިރާއްޖޭގެ ސީނިއަރ ފިރިހިން ޤައުމީ ބާސްކެޓް ބޯޅަ ސްކޮޑް ނެގުން މި އޯގަސްމަހުގެ 26 ގައި ފަށާނެ ކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން ( އެމްބީއޭ ) އިން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން މިއަދު ހާމަކުރެއްވި ގޮތުގައި މިމަހު 26 ވާ ބުރާސްފަތި ދުވަހާއި ހުކުރު އަދި ހޮނިހިރު ދުވަހުގެރޭ 20:00 އާއި 22:00 އާއި ދެމެދު ސްކޮޑް ނެގުމަށް ކުރިއަށްގެންދަންޖެހޭ ޓްރައިއައުޓްސް ތައް ގެންދެވޭނެ ކަމަށެވެ.
މި ޓްރައި-އައުޓްސް ތައް އޮންނާނީ މާލޭ އެކުވެނި އައުޓްޑޯ ކޯޓުގަ ކަމަށްވެސް އެމްބީއޭ އިން މައުލޫމާތު ދެއެވެ.
ޓްރައި-އައުޓް ތަކުގައި ބައިވެރުވުމަށް ބޭނުންވެލައްވާ ކުޅުންތެރިން އެ އެސޯސީއޭޝަންގެ އީމެއިލް (info@mba.org.mv) އަށް މައުލޫމާތު ފޮނުވައި ނަންނޯޓު ކުރެވޭނެކަމަށް ވެސް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.
އެގޮތުން، ޝައުގުވެރިވާ ކުޅުންތެރިއެއްގެ ފުރިހަމަ ނަމާއި އުފަން ތާރީޚާއި ގުޅޭނެ ފޯން ނަންބަރު އަދި އައި.ޑީ ކާޑު ނަންބަރު އެނގޭނޭ ގޮތައް މެއިލް ފޮނުވުމަށް އެމްބީއޭއިން އެދިފައި ވެއެވެ.
ފިރިހިން ޤައުމީ ބާސްކެޓް ބޯޅަ ސްކޮޑް ހިމެނުމަށް އެދި ނަންނޯޓުކުރުމުގެ ސުންގަޑިއަކީ މިމަހު 25 ވާ ބުދަ ދުވަހުގެ 13:30 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!