ސިޓީ ޕޮސިބަލް ޕްރޮގްރާމުގައި ބައިވެރިވުމަށް ނ. އަތޮޅު ކައުންސިލުން މާސްޓަރ ކާޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
300ށް ވުރެ ގިނަ ސިޓީތައް ހިމެނޭ ގްލޯބަލް ނެޓްވޯކުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ އަތޮޅަކީ ނ. އަތޮޅެވެ.
މި ސިޓީ ނެޓްވޯކުގައި ނިއުޔޯކް، ލަންޑަން، ދުބާއި، އަދި ސިންގަޕޯރ ފަދަ ސިޓީތައް ވެސް ހިމެނެވެއެވެ.
އެއްބަސްވުމުގައި ސޮއުކުރުމުގެ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، މާސްޓަރ ކާޑާއި، އެކު މި ވެވުނު އެއްބަސްވުމުގެ ދަށޫން ރަށާއި، އަތޮޅުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެގޮތުން މާސްޓަރ ކާޑު ފަދަ ނެޓްވޯކްތަކާ ގުޅިގެން މަސައްކަތްކުރުމަކީ ތަރައްގީގެ މަގަށް އެޅޭނެ ބޮޑު ފިޔަވަޅެއްކަން ފާހަގަކުރައްވާ ވިދާޅުވީ މީގެ ސަބަބުން ޕްރައިވެޓް ސެކްޓަރތަކާ އޮންނަ ގުޅުން ވެސް ބަދަހިވެގެންދާނެ ކަމަށެވެ.
Interaction with neoteric global networks like @CityPossible @Mastercard; and models for PPPs that unite private sectors and cities to co-create; will extend beneficial resources and experiences to local councils and youth, to develop our islandshttps://t.co/cORVfusDPM#digital https://t.co/HqUTs8AFcP
— Noonu Atoll Council (@noonucouncil) August 18, 2021
މާސްޓަރ ކާޑުން އުފައްދާފައިވާ ސިޓީ ޕޮސިބަލް ނެޓްވޯކް އަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ ލީޑަރުންނާއި، ސިޓީތަކާއި، އެކު މުޖުތަމައުތަކުގައި އާންމުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، އެކަންކަން ހއްލުކުރުމަށް އެހޯތެރިވުމަށްޓަކާ އުފައްދާފައިވާ ނެޓްވޯކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!