ހދ. ހަނިމާދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް ގެނައި 1 މެގަވޯޓުގެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަން ހަނިމާދޫ ބްރާންޗުން ބުނީ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގެނެވުނު ޖަނަރޭޓަރު ބެޑަށް އެރުވުމުގެ މަސައްކަތް ކުރިއަށް މިހާރު ކުރިއަށްދާ ކަމަށެވެ.
ހަނިމާދޫ އަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުންް އައި ތިން ޖަނަރޭޓަރުގެ ތެރެއިން 3 ނަމްބަރު ޖަނަރޭޓަރަށް މިދިޔަ ހަފްތާގައި ވަނީ މައްސަލަ ދިމާވެފައެވެ.
މިކަމާއި ގުޅިގެން ލޯޑު މަތިވާގަޑިތަކުގެ ރަށުގެ އެކި ސަރަހައްދުތަކުން އެކި ގަޑި ތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!