ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ފިއްލަދޫގެ ފިރިހެނުންނަށް ފުޓްސަލް މުބާރާތަކާއި އަދި އެ ރަށުގެ ކަނބަލުންނަށް ހޭންޑް ބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައި އެ މުބާރާތްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 16 ނޮވެމްބަރ 2020 ވީ ހޯމަ ދުވަހު ހުޅުވައިލާފައިވާއިރު، މި މުބާރާތުގައި ބައިވެރި ވެވޭނޭ އެންމެ ފަހުގެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 އެވެ.
މި ދެ މުބާރާތް ވެސް 15 ޑިސެމްބަރ 2020 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތްތަކުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 14 އަހަރުން މަތީގެ ފަރާތްތަކެވެ.
މި މުބާރާތާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ފިއްލަދޫ އިޖްތިމާޢީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިން އޮފިސަރ މުހައްމަދު ހުޝާމް، ބުނެފައިވަނީ މި މުބާރާތް ރާވާ ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ ފުޓްސަލްއާއި ހޭންޑް ބޯޅައިން ރަށުގައި ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ އިތުރުން، ކުޅިވަރުގެ ތެރެއިން ރަށުގެ ފަރުދުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ.
މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 7879897، 9162813 ނަމްބަރު ފޯނާއި ގުޅުމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!