ދިރާގު ޓީވީގެ ހުރިހާ ޗެނަލްތަކެއް އެންމެ 450 ރުފިޔާއަށް ލިބޭ ޕްރޮމޯޝަންގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ.

ދިރާގުން ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިހާރު ވަނީ މި އަހަރުގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައެވެ.

Ad
rt

ދިރާގުން މި ޕްރޮމޯޝަންއާއި ގުޅިގެން އިތުރަށް ވިދާޅުވާ ގޮތުގައި، މިއީ ދިރާގުގެ ކަސްޓަމަރުންނަށް، މުނިފޫހި ފިލުވުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެކެވެ. އަދި ދިރާގުން އަންނަނީ، ދިވެހިން އެންމެ ބޮޑަށް ބަލާ، އެންމެ ބޭނުންވާ ކަހަލަ ޗެނަލްތައް ކަމަށްވާ، ސްޓަރ ނެޓްވޯރކް އަދި ޒީ ޗެނަލްގެ ޗެނަލްތަށް ދިރާގު ޓީވީ އަށް އިތުރުކުރަމުންނެވެ.

ދިރާގު ޓީވީ އަކީ ދިވެހިރާއްޖޭގައި ޚިދުމަތްދޭ އެންމެ ފުރަތަމަ އައިޕީޓީވީ ސާރވިސް ޕްރޮވައިޑަރއެވެ. ދިރާގު ޓީވީ އިން 100 އިންސައްތަ ކޮލިޓީ ރަނގަޅު ޑިޖިޓަލް ޗެނަލްތައް ފޯރުކޮށްދޭއިރު، ރާއްޖޭގެ ގޭބިސީ ތަކުގެ 73 އިންސައްތަ އަށް ދިރާގު ޓީވީގެ ކަވަރޭޖް ލިބެއެވެ.

ދިރާގު ޓީވީ ފުޅާ ކުރުމުގެ ގޮތުން މިއަދު ދިރާގުން 53 ރަށަކަށް މި ޓީވީގެ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. ދިރާގުގެ ބްރޯޑްބޭންޑް ޚިދުމަތް ނުލިބޭ ރަށްތަކަށް ދިރާގުން އަންނަނީ އަމިއްލަ ނެޓްވޯރކް ތަކާއި ގުޅިގެން މި ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ދިރާގުން ވިދާޅުވާގޮތުގައި، ދިރާގު ޓީވީ ބައްލަވައިގަތުމާއި އެކު، އެ ޓީވީ ކޮންމެ ޑިވައިސްއަކުން ވެސް ބަލާލުމުގެ ފުރުޞަތު އެބައޮތެވެ. ޓީވީ، ލެޕްޓޮޕް އަދި ފޯނުންވެސް ދިރާގު ޓީވީ ބަލާލެވޭނެއެވެ.

ދިރާގު ޓީވީއާއި ބެހޭ އިތުރު މަޢުލޫމާތު، ދިރާގުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.