އިނގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަރޕޫލް ޗެމްޕިއަންސް ލީގު މޮޅަކުން ފަށައިފިއެވެ. ޗެމްޕިއަންސް ލީގުގެ ގުރޫޕް ޑީގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ އަޔަކްސްއާއި ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަމައެކަނި ގޯލް 35 ވަނަ މިނިޓްގައި ފެނިގެންދިޔައިރު މިއީ އަޔަކްސްގެ ކުޅުންތެރިއެއްގެ ފަރާތުން ބައިކޮޅަށް ވަން ގޯލެކެވެ. ލިވަޕޫލް އަޔަކްސްއާއި ދެކޮޅަށް ނުކުތީ އަނިޔާގެ ސަބަބުން ލިވަޕޫލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަމުގައިވާ ވެންޑައިކް ނުލައެވެ.
ލިވަޕޫލް އަދި އަޔަކްސް ހިމެނޭ ގުރޫޕް ޑީގައި ހިމެނޭ އަނެއް ދެޓީމް ކަމުގައިވާ އެޓްލާންޓާ އަދި މިޑްޓީލޭންޑް ބައްދަލުކުރި މެޗް ފަސޭހަކާމާއިއެކު 4-0 ން ކާމިޔާބުކޮށްފައެވެ.
ގުރޫޕް ސީގައި ބުދަ ދުވަހުގެރޭ މެންޗެސްޓަރ ސިޓީ އަދި އެފްސީ ޕޯޓޯ ބައްދަލުކުރިމެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީންނެވެ.
މެޗުގެ ފުރަތަމަ ގޯލް 4 ވަނަ މިނިޓަގއި ކާމިޔާބުކޮށް ފުރަތަމަ ލީޑު ނެގީ ޕޯޗުގަލްގެ ޗެމްޕިން ޕޯޓޯއިންނެވެ. ޕޯޓޯގެ ގޯލް ކާމިޔާބުކޮށްދިނީ ޑިއާޒްއެވެ. ނަމަވެސް ޕޯޓޯގެ ގޯލް ކާމިޔާބުކުރިތާ މާ ގިނައިރުތަކެއ ނުވެ 20 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ސިޓީގެ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ސިޓީން ލީޑު ނެގީ މެޗުގެ 66 ވަނަ މިނިޓްގައި ގުންޑަގަން ކާމިޔާބުކޮށްދިން ގޯލުނެވެ. ސިޓީގެ ތިންވަނަ ގޯލް މެޗްގެ 73 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޓޮރޭޒްއެވެ.
ގުރޫޕް ސީގައި ދެން ހިމެނޭ ދެޓީމް ކަމށްވާ އޮލިމްޕިއާކޮސް އަދި މާސެލީ ބައްދަލުކުރިމެޗް 1-0 ން ކާމިޔާބުކުރީ އޮލިމްޕިއާކޮސްއެވެ. އޮލިމްޕިއާކޮސްގެ ހަމައެކަނި ގޯލް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ހަސަން މަހްގޫބްއެވެ.
މެންޗެސްޓަރ ސިޓީ ގުރޫޕް ސީގެ އެއްވަނައިގައި އޮތް އިރު ސިޓިގެ ފަހަތުން އޮލިމްޕިއާކޮސް އޮތީ ދެވަނައިގައެވެ. ސިޓީ އަދި އޮލިމްޕިއާކޮސްއަށްވެސް ތިން ޕޮއިންޓް ލިބިފައިުވާއިރު ސިޓީއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ޕޯޓޯ އަދި މާސެލީއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!