ރަކީން ސްޓޭޓުން ނެރެލައި ބަންގްލަދޭޝް އަށް ފޮނުވާލި އަނިޔާވެރި ހަނދާންތައް އާ ކުރުމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ "ގަތުލްއާއްމުގެ ދުވަސް" ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕްގައި މިއަދު ފާހަގަކޮށްފި އެވެ.

މިއެއްވުމުގައި ޖޮހިންޖާ މުސްލިމުންގެ ދެލައްކައެއްހާ މީހުން ބައިވެރިވެފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ. މިއީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ރެފިއުޖީ ކޭންޕެވެ.

Ad
rt

މިއަންމާގެ ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު ހިނގާދިޔަ ގަތުލްއާއްމުތަކުގައި 740،000 ވުރެގިނަ ރޮހިންޖާ މުސްލިމުން އެ މީހުންގެ ގެދޮރުން ނެރެ ފޮނުވާލާފައިވެ އެވެ. އދ. އިން މިޖަރީމާ ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ. އެ ހާދިސާ އަށް ދެ އަހަރު ފުރުން ފާހަގަކުރާ އިރު ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ބަންގްލާދޭޝްގައި ދިރިއުޅޭ ރޮހިންޖާ ރެފިއުންޖީންގެ ތެރެއިން ބަޔަކު މިޔަންމާއަށް އަނބުރާ ގެންދަން، ބަންގްލާދޭޝް ރެފިއުޖީ ކޮމިޝަނާއި އދ. ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.