ރާއްޖެއަށް މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރީއިން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީއިން ބުނީ މިދިޔަ ޖުލައި މަހު ރާއްޖެ އަށް 132،144 ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ އަށް ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ.
މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 994،733 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު މިއީ މިދިޔަ އަހަރަށް ވުރެ 17.2 ޕަސެންޓްގެ ކުރި އެރުމެކެވެ.
މިކަން އިއުލާން ކުރަން ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލު ވުމުގައި މިނިސްޓަރު އަލީ ވަޙީދު ވިދާޅުވީ މި ސަރުކާރަށް އެއް އަހަރު ފުރޭއިރު މި ސަރުކާރުގެ ޓާގެޓް ކަމަށްވާ 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް އަންނާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށާއި މި ސަރުކާރަށް އެއް އަހަރުވާއިރު 1.5 މިލިއަން ޓޫރިސްޓުން ގެނެވޭތޯ މަސައްކަތް ކުރާނެކަމަށެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕުންނެވެ. ވަކިވަކި ގައުމުތަކަށް ބަލާ އިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. ދެ ވަނަ އަށް އިންޑިޔާ އުޅޭއިރު ތިން ވަނައަށް އުޅެނީ އިޓަލީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!