އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ކަޝްމީރަކީ، އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިއާއާއި ޕާކިސްތާނު މިނިވަންކުރި އިރު، ވަކިގޮތެއް ނުނިންމައި އޮތް މުސްލިމް އާބާދީއެކެވެ. އަދި މިހާތަނަށް ކަޝްމީރު ދެބަޔަކަށް ބަހާލައި އިންޑިއާއާއި ޕާކިސްތާނުން ދަނީ އެ ދެބައި ކޮންޓްރޯލްކުރަމުންނެވެ.
ކަޝްމީރު ދެބައިކޮށްލިއިރު އޭގެތެރޭން އިންޑިއާގެ ބާރުގެ ދަށުގައި އޮތް ފަޅިއަށް ކިޔަނީ ޖައްމޫ އެންޑް ކަޝްމީރެވެ. އަދި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ފަޅިއަށް ކިޔަނީ އާޒާދު ކަޝްމީރެވެ.
ކަޝްމީރުގެ މައްސަލަޔަކީ އިންޑިޔާއާއި، ޕާކިސްތާނާއި ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ޒަމާންވީ މައްސަލައެކެވެ. ކަޝްމީރުގެ މައްސަލާގައި 1947 ވަނަ އަހަރުގެ ފަހުން އިންޑިއާއާއި ޕާކިސްތާނުން 3 ހަގުރާމައެއް ކޮށްފައިވެއެވެ. އދ.އިންވެސް ވަނީ މިމައްސަލަ ހައްލުކުރުމަށް އެކިފަހަރުމަތީން މަސައްކަތްކޮށްފައެވެ.
އިންޑިޔާއިން އަމަލުކުރިގޮތުން މައްސަލަ ހޫނުވުން
މީގެ ތެރޭން ޖައްމޫ އެންޑް ކަޝްމީރަށް، އިންޑިއާގެ ގާނޫނު އަސާސީން ދީފައިވާ، ބާރުތައް ހިމެނޭ "370 ވަނަ މާއްދާ" އުވާލުމަށް އިންޑިއާއިން ނިންމި ނިންމުމާ ގުޅިގެން އެ ސަރަހައްދުގައި ވަނީ، ވަރަށް ބޮޑަށް މަޝްރަހް ގޯސްވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެސް ހީވެފައެވެ.
ޖައްމޫ ކަޝްމީރަށް އިންޑިއާގެ ގާނޫނު އަސީން ލިބިދީފައިވާ ޚާއްސަ އިމްތިޔާޒުތަކުގެ ތެރޭގައި، އިންޑިއާގެ އެހެން ސްޓޭޓްތަކުގެ ރައްޔިތުންނަށް ކަޝްމީރުން ބިން މިލްކު ނުކުރެވުމާއި، އެ ސްޓޭޓްގެ ރައްވެހިކަން ނުލިބުމާއި، އަދި އެ ސްޓޭޓުގެ ސަރުކާރުގެ ވަޒީފާތަކުގެ އިތުރުން، ސަރުކާރުން ލިއްބައިދޭ ތައުލީމީ ފުރުސަތުތަކަށް ކުރިމަތި ނުލެވުންވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ ޖައްމޫ ކަޝްމީރަށް ވަކި ޤާނޫނުއަސާސީއަކާއި ވަކި ދިދައަކާއި ގައުމީ ސަލާމެއް އޮތުމުގެ އިހްތިޔާރުވެސް އިންޑިއާގެ ގާނޫނުއަސާސީން މީގެ ކުރީން ވަނީ ލިއްބައިދީފައެވެ.
ނަމަވެސް އިންޑިއާގައި މިހާރު ވެރިކަންކުރާ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން ދެކޭ ގޮތުގައި، ކަޝްމީރުވެސް ވާން ޖެހޭނީ އިންޑިއާގެ އެހެން ސްޓޭޓްތައް ފަދައިން، އިންޑިއާގެ މައިސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށެވެ. އެގޮތުން، މިހާރު ވަނީ، ޖައްމޫ އެންޑް ކަޝްމީރުގެ ނަމުގައި ކުރީން އޮތް ސްޓޭޓް އުވާލައި، އެ ސްޓޭޓް ދެ ޔޫނިއަން ޓެރިޓަރީއަށް ބައިކުރުމަށް ނިންމައި، ގާނޫނުހަދާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. އެއީ "ޖައްމޫ އެންޑް ކަޝްމީރު"ގެ އިތުން "ލަޑާކް" ޓެރިޓަރީއެވެ.
އިންޑިއާގެ މި ނިންމުމާއެކު ކަޝްމީރުގެ މަޝްރަހް ހޫނުވެ، ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. ކަޝްމީރަކީ އިންޑިއާގައި އޮތް ހަމައެކަނި މުސްލިމް އަޣްލަބިއްޔަތު އޮންނަ ސްޓޭޓެވެ. ކަޝްމީރީންނާއި އެހެނިހެން މުސްލިމުންވެސް ދެކޭގޮތުގައި، އިންޑިއާގެ މި ނިންމުމަކީ ކަޝްމީރުގައި އޮތް މުސްލިމް އަޣުލަބިއްޔަތު ނަގައިލުމެވެ. ނަމަވެސް މިކަމަށް ފުރުސަތު ނުދޭނޭ ކަމަށް ކަޝްމީރުގެ ވެރީންނާއި ރައްޔިތުންދަނީ، ބުނަމުންނެވެ. އަދި ޕާކިސްތާނުންވެސް ވަނީ، ކަޝްމީރީންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރާނޭކަމަށް ބުނެފައެވެ.
މިމައްސަލައިގައި ޕާކިސްތާނުގެ ބަސް
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައި ވަނީ، އިންޑިއާގެ މި ނިންމުމަކީ އެ ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ އިތުރުން، އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާވެސް ސީދާ ޚިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ހޯމަދުވަހު މުޒައްފަރުއާބާދުގައި ދެއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ، ކަޝްމީރުގެ މިނިވަންކަމަށް ކުރަމުން ގެންދާ މަސައްކަތަށް ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމަށެވެ. އަދި ކަޝްމީރާ މެދު އިންޑިއާއިން ހިންގަމުންދާ ޖަރީމާތަކަކީ އެ ގައުމުގެ ސިޔާސީ އަދި ދާޚިލީ ނިންމުންތަކަކަށްވުރެ ބޮޑަށް ބައިނަލްއަގްވާމީ މަސްރަހާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ޗައިނާގެ ފުރިހަމަ އެއްބާރުލުމާއެކު ޕާކިސްތާނުން ކަޝްމީރުގެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ޤުރައިޝީ ވިދާޅުވިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ވިސްނުން މިކަމުގައި ދިމާވޭ
ވެސް އިންޑިއާއަށް ދަތުރު ކުރިއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ވިސްނުމާއި ފިކުރު ދިމާވާ ހިސާބަކީ އެ ދެ ވެރިންވެސް މުސްލިމުންނާއި ދެކޮޅަށް ގެންގުޅޭ ހަރުކަށި ފިކުރެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ތަމްރީނުވެފައިވަނީ ހައްދުފަހަނަޅައިފައިވާ ހިންދުވްތާ ފިކުރުގެ އާރް.އެސް.އެސް އިންނެވެ. މޯދީ އާއި ނަތަންޔާހޫއާ ދެ ބޮޑުވަޒީރުންގެ ނަޒަރުގައިވެސް މުސްލިމުންނަކީ ދުނިޔެއަަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެކެވެ. މިކަން ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ހާލާއި އިންޑިއާގެ ތިބި މުސްލިމުނަށް ކުރާ އަނިޔާ ތަކުން ހާމަވެއެވެ.
މިމައްސަލާގައި ދިވެހި ސަރުކާރު
ކަޝްމީރުގެ މައްސަލާގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ކުރު ސްޓޭޓް މަންޓުގައިވަނީ ކޮންމެ ޤައުމެއްގެ ޤާނޫނު އަސާސީއަށްވެސް ބަދަލުކުރުމުގެ ހައްޤު އެޤައުމަކަށް ލިބިގެންވާކަމަށާ، އިންޑިޔާގެ ޤާނޫނުއަސާސީގެ ދަށުން ކަޝްމީރަކީ ޚާއްސަ އިމްތިޔާޒްތަކެއް ލިބިގެންވާ ސްޓޭޓެއްކަމަށް އޮތްއޮތުން ބަދަލުކުރުމަކީ އެޤައުމުގެ އެތެރޭގެ ކަމެއްކަމަށެވެ. ކަޝްމީރަށް ޚާއްސަ އިމްތިޔާޒްތަކެއް ލިބިގެންވަނީ އިންޑިއާގެ ޤަނޫނު އަސާސީގެ 370ވަނަ މާއްދާގެ ދަށުންނެވެ. ނަމަވެސް ދާދިފަހުން ވަނީ މި މާއްދާ އުވާލާފައެވެ. މިމާއްދާ އުވާލުމުން ކަޝްމީރުގައި އުފެދިދާނެ ހަމަނުޖެހުމަކަށްޓަކައި އިންޑިޔާގެ ސިފައިން ކަޝްމީރުގައި ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮފައެވެ.
ކަޝްމީރުގައި އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް ކަޝްމީރުގައި ދިރިއުޅޭ މީހުންގެ މެދުގައި ފެންނަނުފެންނަ ވޯޓެއް ނެގުމަށް ނިންމުމަށްވެސް އދ.ވަނީ ގޮވާލާފައެވެ. އެހެންނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ކަޝްމީރުގެ އިޤްތިސާދު ބޮޑުތަނުން ދަށަށް
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ދުވަސްވަރަކީ ހިމާލިޔާ ފަރުބަދައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރެވެ. އަދި އިންޑިއާ ސަރުކާރުން ކަޝްމީރު ބަންދުކޮށް ފަތުރުވެރިންނަށް ކަޝްމީރު ދޫކޮށް ދިއުމަށް އެންގުމުން، ފަތުރުވެރިކމަުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ދެއްލުންތައް ވަމުން އަންނަކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އަދި ބައެއް ވިޔަފާރިތަކަށް ދުވާލަކު 3000 ޑޮލަރުގެ ގެއްލުން ވަމުން އަންނަކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ކަޝްމީރު ރައްޔިތުންނަށް އިންޑިއާ ސަރުކާރުން ދެމުންދާ އަނިޔާތަކާއި ގުޅޭ މައުލޫމާތު ވަނީ އިންޑިއާގެ ނޫސްތަކާއި ސަރުކާރުން ހުއްޓުވާފައެވެ. ކަޝްމީރުގައި އާންމުގޮތެއްގައި ހިގާ މީހުން މަރާލުމުގެ ހާދިސާތަކާއި އަނިޔާ ކުރުމުގެ ހާދިސާތަކާއި މީހުން ގެއްލުމުގެ ހާދިސާތަކާއި ގިންސީ ގޯނާގެ ހާދިސާތަކާއި ގޯނާ ކުރުމުގެ ހާދިސާތަކަކީ ކާޕެޓުދަށަށްލައި ފޮރުވާލެވޭ ވަރުގެ ކަންތައްތަކެއްނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!