ހއ. އުލިގަމު އަދި ހދ. މަކުނުދޫގައި ގާއިމް ކޮށްފައިވާ ރާޑަރު ސްޓޭޝަންތަކަށް ދާއިމީ ކަރަންޓުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފެނަކައިން ބުނީ އެ މަޝްރޫއުއާ ގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ސޮއި ކުރި އެ މަޝްރޫއުއަކީ ހއ. އުލިގަމު އަދި ހދ. މަކުނުދޫގައި ގާއިމް ކޮށްފައިވާ ރާޑަރު ސްޓޭޝަންތަކަށް ދާއިމީ ކަރަންޓު ދިނުމާއި ގުޅޭ އެއްބަސްވުމެކެވެ.

Ad
rt

ފެނަަކައިން ބުނީ އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ކަމަށެވެ. އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވި ޑިރެކްޓަރު އޮފް ޕްރޮކިއުމަންޓު މޭޖާ އަހުމަދު ލިޒާން ކަމަށް ފެނަކައިން ބުންޏެވެ.

މި މަޝްރޫއުއަށް ޖުމްލަ ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ. އެގޮތުން އުލިގަމަށް 268،101.31 ރުފިޔާ ހަރަދުވާއިރު މަކުނޫގެ ރާޑަރު ސްޓޭޝަނަށް 300,115.00 ހަރަދުވާނެއެވެ.

މި މަޝްރޫއު ހަ މަސް ދުވަސް ތެރޭގައި ނުންމުމަށް އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.